logo
Bank of Maldives

Bank of Maldives

ޚަބަރު

ބޮޑުތަކުރުފާނުމަގުގެ އާ ޕާކިން ޒޯންގައި ގަސް އިންދައިފި

އައިޝަތު ނަޝާ
23 ޖުލައި 2026 - 14:06
ބޮޑުތަކުރުފާނުމަގުގެ އާ ޕާކިން ޒޯންގައި ގަސް އިންދައިފި

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެ ސަރަހައްދުގައި އަލަށް ތަރައްޤީ ކޮށްފައިވާ ޕާކިން ޒޯނު ސަރަހައްދުގައި ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އަދި މޯލްޑިވްސް ޓްރާންސްޕޯރޓް ކޮމްޕެނީ(އެމްޓީސީސީ)އާ ގުޅިގެން ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

ގަސް އިންދުމަށް ބޭއްވި ޚާއްސަ ހަރަކާތް ފައްޓަވައިދެއްވީ، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީއާއި، ކެބިނެޓުގެ ބައެއް ވަޒީރުންނާއި، ދައުލަތުގެ އިސްބޭފުޅުންގެ އިތުރުން މަޖިލިސް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން ބީއެމްއެލްއާއި އެމްޓީސީސީގެ ގިނަ މުވައްޒަފުންތަކެއް ވަނީ ބައިވެރިވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

WhatsApp Image 2026-07-23 at 7.16.51 PM.jpeg

 

އެމްޓީސީސީއިން މިހާރު މަގު ޒީނަތްތެރި ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ތަފާތު އެކި ގަސް ޖަހައި ރުއް ވަނީ އިންދާފައެވެ. މިއީ، ޤައުމީ ވަންތަކަމާއި ތިމާވެށީގެ އިސްނެގުމުގެ ދަށުން ފެހި، ދެމެހެއްޓެނިވި އާބަން މާހައުލެއް ގާއިމްކުރުމަށް ކުރި މަސައްކަތެކެވެ. ގަސް އިންދުމުގެ މަސައްކަތް ކުރަމުން އަންނައިރު ސަރުކާރުން އަންނަނީ، 5 މިލިޔަން ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގަސް އިންދަމުންނެވެ.

މިހާރު މަސައްކަތް ކުރިއަށްދާ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު އޮތް ސަރަހައްދު ތަރައްޤީކޮށް ނިމުމުން ދެން އޮތް މަރުހަލާގައި އެމްޕީއެލް ސަރަހައްދުން ފެށިގެން ރަސްފަންނާ ހަމައަށް ތަރައްޤީކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ މަހުގެ ނިޔަލަށް ކަސްޓަމަރުންނަށް ބީއެމްއެލްއިން 653 މިލިޔަން ޑޮލަރު ވިއްކާފައިވޭވިޔަފާރި | 3 ދުވަސް ކުރިންއަލަށް ހުޅުވާ ބީއެމްއެލް އެކައުންޓްތަކަށް އިސްލާމިކް ބޭންކިން އުސޫލުން ފޯރުކޮށްދެނީވިޔަފާރި | 5 ދުވަސް ކުރިން އީ-ކޮމާސް ޕްލެޓްފޯމްތަކުން ދިވެހި ރުފިޔާ ކާޑުން ކުރާ މުއާމަލާތްތަކަށް ލިމިޓެއް ކަނޑައަޅައިފިވިޔަފާރި | 5 ދުވަސް ކުރިންއެއްވަގުތެއްގައި އެންމެ ގިނަ މީހުން ސްނޯކްލިންގް ހެދުމުގެ ރެކޯޑް ބީއެމްެލްއިން ގާއިމްކޮށްފިވިޔަފާރި | 12 ދުވަސް ކުރިން