logo
Bank of Maldives

Bank of Maldives

ވިޔަފާރި

މިދިޔަ މަހުގެ ނިޔަލަށް ކަސްޓަމަރުންނަށް ބީއެމްއެލްއިން 653 މިލިޔަން ޑޮލަރު ވިއްކާފައިވޭ

އައިޝަތު ނަޝާ
15 ސެޕްޓެމްބަރު 2026 - 11:43
މިދިޔަ މަހުގެ ނިޔަލަށް ކަސްޓަމަރުންނަށް ބީއެމްއެލްއިން 653 މިލިޔަން ޑޮލަރު ވިއްކާފައިވޭ

މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ބީއެމްއެލްއިން 653 މިލިޔަން ޑޮލަރު ވިއްކާފައިވާކަމަށް ބީއެމްއެލުން ބުނެފި އެވެ.

މިއީ މަހަކު އެވްރެޖްކޮށް 81 މިލިޔަނަށްވުރެ ގިނަ ޑޮލަރުން ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. ބީއެމްއެލުން ބުނީ ކަސްޓަމަރުންނަށް ޑޮލަރު ވިއްކާފައިވަނީ ކާޑު މުއާމަލާތްތަކާއި، މުދާ އެތެރެ ކުރުމަށް ޓީޓީއަށް ވިއްކާ ޑޮލަރާއި، ދަތުރުފަތުރާއި، ތަޢުލީމު އަދި ސިއްޙީ ފަރުވާގެ ޚަރަދުތަކަށް ކަމަށެވެ.

ވަކިވަކި ދާއިރާތަކަށް ބަލާއިރު ވިއްކާފައިވާ ޑޮލަރުގެ އެންމެ ބޮޑު ހިއްސާއެއް ފޯރުކޮށްދީފައިވަނީ ކާޑު މުއާމަލާތްތަކަށެވެ. އެއީ 304 މިލިޔަން ޑޮލަރެވެ. ކާޑުގެ ޚިދުމަތަކީ ދިވެހިންގެ ދިރިއުޅުމުގެ މުހިންމު ބަޔަކަށް ވެފައިވާއިރު، އޮންލައިން ވިޔަފާރިއާއި، ޑިޖިޓަލް ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކުމާއި، ދަތުރުފަތުރުގެ ބުކިންގ ހެދުމުގެ އިތުރުން ރާއްޖޭން ބޭރުގައި ކުރާ އެކި ޚަރަދުތަކަށް ގިނަ އަދަދެއްގެ މީހުން ކާޑު ބޭނުންކުރެއެވެ.

ދެވަނައަށް އެންމެ ބޮޑު އަދަދެއް ވިއްކާފައިވަނީ ޓީޓީތަކަށެވެ. އެއީ 214 މިލިޔަން ޑޮލަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖެއިން ބޭރަށްދާ ދިވެހިންނަށް ވިއްކާ 500 ޑޮލަރުގެ ދާއިރާއަށް ބަލާއިރު އަހަރުގެ މިހާތަނަށް ޖުމްލަ 75 މިލިޔަން ޑޮލަރު ވިއްކާފައިވެއެވެ. ދިވެހިން ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކަކީ ހަމައެކަނި ޗުއްޓީ ހޭދަކުރުމަށް ކުރާ ދަތުރުތަކެއް ނޫނެވެ. އޭގެ ތެރޭގައި އާއިލީ ޒިޔާރަތްތަކާއި، ރަސްމީ އަދި ވިޔަފާރި ދަތުރުތަކުގެ އިތުރުން، ކޮންމެހެން ކުރަންޖެހޭ މުހިންމު ދަތުރުތައް ހިމެނެއެވެ. މީގެއިތުރުން، ތަޢުލީމީ ޚަރަދުތަކަށް 32 މިލިޔަން ޑޮލަރު އަދި ސިއްޙީ ފަރުވާއަށް 27 މިލިޔަން ޑޮލަރު ބޭންކުން ފޯރުކޮށްދީފައިވާ ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ މަހުގެ ނިޔަލަށް ކަސްޓަމަރުންނަށް ބީއެމްއެލްއިން 653 މިލިޔަން ޑޮލަރު ވިއްކާފައިވޭވިޔަފާރި | 2 ގަޑިއިރު ކުރިންއަލަށް ހުޅުވާ ބީއެމްއެލް އެކައުންޓްތަކަށް އިސްލާމިކް ބޭންކިން އުސޫލުން ފޯރުކޮށްދެނީވިޔަފާރި | 2 ދުވަސް ކުރިން އީ-ކޮމާސް ޕްލެޓްފޯމްތަކުން ދިވެހި ރުފިޔާ ކާޑުން ކުރާ މުއާމަލާތްތަކަށް ލިމިޓެއް ކަނޑައަޅައިފިވިޔަފާރި | 2 ދުވަސް ކުރިންއެއްވަގުތެއްގައި އެންމެ ގިނަ މީހުން ސްނޯކްލިންގް ހެދުމުގެ ރެކޯޑް ބީއެމްެލްއިން ގާއިމްކޮށްފިވިޔަފާރި | 8 ދުވަސް ކުރިން