logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރިއަށް އޮތް 3 ދުވަހު ރާއްޖެއަށް ވިއްސާރަ ކުރާނެ

އައިޝަތު ނަޝާ
25 ޖުލައި 2026 - 10:07
ކުރިއަށް އޮތް 3 ދުވަހު ރާއްޖެއަށް ވިއްސާރަ ކުރާނެ

ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ، ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި އަދިބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށްށެވެ.

އަދި މި 3 ދުވަހުވެސް ވައި ހުންނާނީ، ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގައި ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ. މީގެ އިތުރުން، ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވެއެވެ.

ވިއްސާރަ ކުރި ނަމަވެސް، އެއްވެސް ހިސާބަކަށް މޫސުން އެހާ ގޯސް ނުވާނެކަމަށް މެޓުން އޮފީހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް ކަނޑުދަތުރު ކުރާއިރު ދުރާލާ ތައްޔާރުވެ، މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިދުވަސްވަރަކީ ސްކޫލް ޗުއްޓީ ދުވަސް ވަރެއްކަމުން ،ދަތުރުފަތުރު ކުރުމުގައި ކަމާބެހޭ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް ސަމާލުކަންދިނުމަކީ މުހިންމުކަމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިޚަބަރު | 13 ދުވަސް ކުރިންކުރިއަށް އޮތް ތިން މަހު، ހޫނުމިން އާންމު މިންވަރަށް ވުރެ މަތިވާނެ: މެޓްޚަބަރު | މަހެއް ކުރިންއިންޑޮނޭޝިއާއަށް އައި ބިންހެލުމުގެ އަސަރެއް ރާއްޖެއަށް ނުކުރާނެ: މެޓްޚަބަރު | މަހެއް ކުރިންކުރިޔަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެޚަބަރު | މަހެއް ކުރިން