މިނިވަން ދުވަހާ ގުޅިގެން ނެރުނު ފަތްތޫރަ ރައީސުލްޖުމްހޫރިއްޔާ އަރުވައިފި
އަޙުމަދު ރިޝާން
26 ޖުލައި 2026 - 13:21

މިނިވަން ދުވަހާ ގުޅިގެން ނެރުނު ފަތްތޫރާއިގެ ހާއްސަ އަދަދު ރައީސުލް ޖުމްހޫރިއްޔާ އަރުވައިފި އެވެ.
ދިވެހި ބަހުގެ އެކަޑަމީން މިނިވަން ދުވަހަށް ހާއްސަކޮށް ނެރުނު މިއަދަދު ރައީސޫލް ޖުމްހޫރިއްޔާ އަރުވާފައި ވަނީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. ފަތްތޫރާއިގެ މިއަދަދު ރައީސުލްޖުމްހޫރިއްޔާއާ ހަވާލުކޮށްދެއްވީ ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު އެވެ.

Ad by Hajj Corporation
ފަތްތޫރަކީ ރާއްޖޭގެ ތާރިހުގެ ތެރެއިން ތަފާތު ލިޔުންތައް ގެނެސްދޭ މުސަނދި ތަރީހީ ސިލްސިލާ އެކެވެ.


