logo
MPL

MPL

ޚަބަރު

ނަފްސުގެ އަޚްލާޤު އިސްކުރާ ނަމޫނާ ބަޔަކަށްވުމަށް ވަޒީރު ހީނާ ގޮވައިލައްވައިފި

އައިޝަތު ނަޝާ
30 ސެޕްޓެމްބަރު 2026 - 10:34
ނަފްސުގެ އަޚްލާޤު އިސްކުރާ ނަމޫނާ ބަޔަކަށްވުމަށް ވަޒީރު ހީނާ ގޮވައިލައްވައިފި

ވިލާ ކޮލެޖުން މިއަހަރު ދަސްވެނިވި ދަރިވަރުންނަކީ ހަމައެކަނި މަޢުލޫމާތުން މުއްސަނދި ބަޔަކަށް ވުމުގެ ބަދަލުގައި، ޢިލްމީ ތެދުވެރިކަމާއި ނަފުސުގެ އަޚްލާޤު އިސްކުރާ ނަމޫނާ ބަޔަކަށް ވުމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ގޮވައިލައްވައިފިއެވެ.

ވަޒީރު މިކަމަށް ގޮވާލެއްވީ ވިލާ ކޮލެޖްގެ މިއަހަރުގެ ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅީގައި ހިންގުމުގެ ދާއިރާ، އުނގަންނައިދިނުމާއި ކިޔަވައިދިނުމުގެ ދާއިރާއިން ސަނަދު ޙާޞިލްކުރި ދަރިވަރުންގެ ދަސްވެނިވުން ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރުގެ ވާހަކަފުޅުގައި ފިކުރީ ވިސްނުންތަކާ ޢިލްމީ ސިކުނޑިތަކެއް އުފަންކޮށްގެން ހަމައެކަނި ފުދެން ނެތްކަން ފާހަގަކުރައްވާ، ޤައުމަކަށް ބޭނުންވަނީ ހަރުދަނާ އަޚްލާޤީ ޤިޔަމްތަކެއްގެ މަތީގައި ތިބޭ ބަޔެއްކަމަށް ވިދާޅުވިއެވެ. މިގޮތުން ބޭނުންވަނީ އިންސާނީ ކަރާމާތަށް ޙުރުމަތްތެރިކޮށް ހިތާ، އެކަކު އަނެކަކުގެ ޚިޔާލަށް އިޙްތިރާމްކުރުމާއި، ކޮންމެ ކަމެއްގެވެސް ޙަޤީޤަތް ބެލުމާ، ތިމާފަދަ އަނެކުންނަށްވެސް އިޙްތިރާމް ކުރުމުގެ ތަހުޛީބީ ސިފަތައް އަށަގަނެފައިވާ ބައެއްކަމަށެވެ.

މިގޮތުން ޤައުމެއްގައި ޢިލްމީ ރޫޙެއް ބިނާކޮށް ފިކުރީ ވިސްނުންތަކެއް އާލާކުރެވެނީ އެ ޤައުމެއްގެ ތަރުބަވީ ނިޒާމާ ތަޢުލީމީ ނިޒާމުގެ ތެރެއިންކަމުގައިވާއިރު، ޢިލްމީ ރޫޙެއް އުފައްދާ އީޖާދީ އަދި ފިކުރީ ވިސްނުންތަކެއްގެ މަތީގައި ޤައުމެއް ދެމެހެއްޓުމުގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތެއް އެޅިފައި ވަނީ ތަރުބިއްޔަތު ކުރުމާ އުނގަންނައިދިނުމުގެ ދާއިރާގެ ބޭފުޅުންގެ އިސްތަށިފުޅުގައިކަން ފާހަގަކުރެއްވިއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"އިޙްތިރާމް އަދާކުރުމުގެ މަޝްރޫއަކީ ޤައުމުގެ ކުރިއެރުމަށްޓަކައި ވެރިއަކު ފެއްޓެވި އެންމެ ބޮޑު މަސައްކަތް"ޚަބަރު | ގަޑިއިރެއް ކުރިންވަށާޖެހޭ ތަރައްޤީ ގެނެވޭނީ އިންސާނީ ސިކުނޑިތައް ވެސް ބިނާކޮށްގެން: ހީނާޚަބަރު | 2 ދުވަސް ކުރިންސަގާފީ ތަރިކަ ހިމާޔަތްކުރުމުގައި ކުދި ޖަޒީރާ ގައުމުތަކަށް ބައިނަލްއަގުވާމީ އެއްބާރުލުން ބޭނުންވޭ: ހީނާޚަބަރު | މަހެއް ކުރިންހަރުދަނާ ޝަޚުސިއްޔަތަކަށް ވާނީ އެމީހަކަށް ލިބިފައިވާ ޢިލްމާއި ހުނަރުތަކަކުން އެކަންޏެއް ނޫން: ވަޒީރު ހީނާޚަބަރު | މަހެއް ކުރިން