logo
MPL

MPL

ޚަބަރު

ހަރުދަނާ ޝަޚުސިއްޔަތަކަށް ވާނީ އެމީހަކަށް ލިބިފައިވާ ޢިލްމާއި ހުނަރުތަކަކުން އެކަންޏެއް ނޫން: ވަޒީރު ހީނާ

އައިޝަތު އިނާޝާ
7 އޮކްޓޯބަރު 2026 - 12:22
ހަރުދަނާ ޝަޚުސިއްޔަތަކަށް ވާނީ އެމީހަކަށް ލިބިފައިވާ ޢިލްމާއި ހުނަރުތަކަކުން އެކަންޏެއް ނޫން: ވަޒީރު ހީނާ

ހަރުދަނާ ޝަޙުސިއްޔަތަކަށް ވާނީ އެމީހަކަށް ލިބިފައިވާ ޢިލްމާއި ހުނަރުތަކަކުން އެކަނި ނޫން ކަމަށާއި ހަރުދަނާ ޝަޚުސިއްޔަތަކަށް މީހާ ވަނީ ޢިލްމާ ހުނަރު ބޭނުންކުރާ ގޮތެއްގެ މަތީން ކަމުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔުނިއަނުން، އިންތިޒާމުކޮށްގެން އައްޑޫ ސިޓީގައި ކުރިއަށްދާ އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތާއި އައްޝައިޚް ޙުސައިން ޝަރަފުއްދީނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ބަޙުސް މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މުބާރާތުގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވާޒީރުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ، މިފަދަ މުބާރާތްތަކުން ދަރިވަރުގެ ކިބައިގައި އަށަގަންނުވައިދެނީ ޝަޚުސިއްޔަތެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސިފަތަކެއްކަމަށާއި އަދި ދަރިވަރުންގެ އަމިއްލަ ނަފުސުގެ ސާބިތުކަން ދަމަހައްޓަން ވެސް ދަސްކޮށްދެވޭ ކަމަށެވެ. ތެދުވެރިކަމުގެ މާތް ސިފައާއި ސާފު ތެދު މައުލޫމާތާއި ޢިލްމީ ބުރަދަން ހުރި ވާހަކަތަކަށް ލޯބިކުރުން ފަދަ އެތައް ކަމެއް ދަރިވަރުންގެ ކިބައިގައި އަށަގަނެގެން ދިއުމުގެ އިތުރުން މިފަދަ މުބާރާތްތަކުގެ ސަބަބުން ޤައުމުގެ މުސްތަޤުބަލު އުޖާލާވެ ހަރުދަނާ ދިވެހި ދަރީންތަކެއް އުފެދިގެންދާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ބަދަލުވަމުންދާ މި ދުނިޔެއަށް އަޅުގަނޑުމެންގެ ދަރީން ތަރުބިއްޔަތު ކުރަން ޖެހޭއިރު، އެ ބަދަލުތަކުގައި އުމުރުގެ ބޮޑުބައި ހޭދަކުރަނީ އެ ކުދީންނާއެކުކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީއާއެކު ދިރިއުޅުމުގެ އުސޫލުތަކަށް ބަދަލުއައިކަމުގައި ވިޔަސް، ތަފާތުވުންތަކާ ކުރިމަތިލާން ދަސްކޮށްދިނުމުގެ ހުނަރަކީ މިއަދުގެ މުޖްތަމަޢުގައި ވަކީން ޚާއްޞަ ގޮތެއްގައި ބޭނުންތެރި ކަމެއް ކަމަށެވެ. ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ ޢިލްމުވެރި ފަޞާޙަތްތެރި މާޒީއެއް އޮތް އައްޑޫ ފުވައްމުލަކުގެ އެންމެހައި ބައިވެރިންނަށް ކާމިޔާބަށް އެދެމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަރުދަނާ ޝަޚުސިއްޔަތަކަށް ވާނީ އެމީހަކަށް ލިބިފައިވާ ޢިލްމާއި ހުނަރުތަކަކުން އެކަންޏެއް ނޫން: ވަޒީރު ހީނާޚަބަރު | ގަޑިއިރެއް ކުރިންއިންވެސްޓަރުން ފައްސާލުމަށް ކުރާ މަސައްކަތްތަކުން ޤައުމާމެދު އޮތް އިޚްލާސްތެރިކަމާމެދު ސުވާލު އުފެދޭ: ހީނާ ވަލީދުޚަބަރު | 7 ދުވަސް ކުރިންނަފްސުގެ އަޚްލާޤު އިސްކުރާ ނަމޫނާ ބަޔަކަށްވުމަށް ވަޒީރު ހީނާ ގޮވައިލައްވައިފިޚަބަރު | 7 ދުވަސް ކުރިން''ގެއްލެމުންދާ އެކުވެރިކަމާއި އިޙްތިރާމްކުރުމުގެ އާދަ އަނބުރާ ހޯދަން ރައީސްގެ ޚާއްޞަ އިސްނެންގެވުމެއް''ޚަބަރު | 14 ދުވަސް ކުރިން