logo
MPL

MPL

ޚަބަރު

"އިޙްތިރާމް އަދާކުރުމުގެ މަޝްރޫއަކީ ޤައުމުގެ ކުރިއެރުމަށްޓަކައި ވެރިއަކު ފެއްޓެވި އެންމެ ބޮޑު މަސައްކަތް"

އައިޝަތު ނަޝާ
14 ނޮވެމްބަރު 2026 - 17:36
"އިޙްތިރާމް އަދާކުރުމުގެ މަޝްރޫއަކީ ޤައުމުގެ ކުރިއެރުމަށްޓަކައި ވެރިއަކު ފެއްޓެވި އެންމެ ބޮޑު މަސައްކަތް"

އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު ފައްޓަވައިދެއްވަނީ ދިވެހި ލޮބުވެތި ވަތަނާއި އަންނަން އޮތް ޖީލުތަކުގެ ދެމި އޮތުމަށްޓަކައި ކަމަށާއި، މިއީ ދިވެހި ވެރިއަކު ޤައުމުގެ ކުރިއެރުމަށްޓަކައި އިންސާނީ ބިނާކުރުމަށްޓަކައި ފެއްޓެވި އެންމެ ބޮޑު މަސައްކަތްކަމަށް ފަންނާ ސަޤާފަތާ ތަރިކައާ ބެހެ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ފަންނާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ޒީރު ވިދާޅުވީ، ފުޅާދާއިރާއެއްގައި އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއެއް ކުރިއަށްދާއިރު މާޒީއަށާއި މިއަދުގެ ހާލަތައް ބަލާލުން މުހިންމު ކަމަށެވެ. އަދި އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއެއް ފެއްޓުވުމަށް ނިންމެވީ ޒަމާނުންސުރެ ދިވެހިންގެ ތެރޭގައި އޮތް އިސްލާމީ އަދަބު އަހުލާގުގެ ރިވެތި މިންގަނޑުތައް މުޖުތަމައުގައި އަލުން އަށަގެނެވުމުގެ ބޭނުމުގައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އަދަބާއި އިޙުތިރާމްއަކީ އިންސާނީ މުޖުތަމައެއްގެ ފުރާނަ .އެގޮތުން އެއީ އިންސާނީ އެންމެ ފުނުން އުފެދޭ އަޚުލާޤީ ރިވެތި ރޫހެއް ކަމަށާއި، އެހެން މީހުންގެ އިހްސާސްތަކަށް ހިތް ހުޅުވާލާ، އެހެން މީހުންގެ ހާލަތު ހިތަށް ގެނެސްގެން ބަލައިގަންނަ ބަލައިގަތުމެއް."ވަޒީރު ހީނާ

ވަޒީރު ހީނާ ވަލީދު ވަނީ، ކޮންމެ މީހަކީވެސް އިޙުތިރާމް އަދާކުރާ މުޖުތަމައުގެ ބައިވެރިއަކަށްވުމަށް އެދިލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިފުތިތާޙު ކޮށްދެއްވާފައިވާ އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ މަޤުޞަދަކީ، މުޖުތަމަޢުގެ އެކި ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި އެކަކު އަނެކަކަށް ގަދަރާއި އިހުތިރާމްކުރުމުގެ ރީތި ސިފަ ދިވެހިންގެ ހިތްތަކުގައި އަލުން އަށަގެންނެވުމެވެ. ޚާއްޞަކޮށް ޒުވާނުންނާއި، ކުޑަކުދިންގެ މެދުގައި މި އާދަ ހަރުދަނާ ކުރުމެވެ.

އަ

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"އިޙްތިރާމް އަދާކުރުމުގެ މަޝްރޫއަކީ ޤައުމުގެ ކުރިއެރުމަށްޓަކައި ވެރިއަކު ފެއްޓެވި އެންމެ ބޮޑު މަސައްކަތް"ޚަބަރު | 35 މިނިޓު ކުރިންވަށާޖެހޭ ތަރައްޤީ ގެނެވޭނީ އިންސާނީ ސިކުނޑިތައް ވެސް ބިނާކޮށްގެން: ހީނާޚަބަރު | 2 ދުވަސް ކުރިންސަގާފީ ތަރިކަ ހިމާޔަތްކުރުމުގައި ކުދި ޖަޒީރާ ގައުމުތަކަށް ބައިނަލްއަގުވާމީ އެއްބާރުލުން ބޭނުންވޭ: ހީނާޚަބަރު | މަހެއް ކުރިންހަރުދަނާ ޝަޚުސިއްޔަތަކަށް ވާނީ އެމީހަކަށް ލިބިފައިވާ ޢިލްމާއި ހުނަރުތަކަކުން އެކަންޏެއް ނޫން: ވަޒީރު ހީނާޚަބަރު | މަހެއް ކުރިން