logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ އެކި ސަރަހައްދަށް އުދަ އަރާނެ

އަޙުމަދު ރިޝާން
27 ޖުލައި 2026 - 06:25
ރާއްޖޭގެ އެކި ސަރަހައްދަށް އުދަ އަރާނެ

 މޫސުން ގޯސްވެ، ރާއްޖޭގެ އެކި ސަރަހއްދުތަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދަރާ މެޓް އޮފީހުން މުޅި ރާއްޖެ އަށް ހުދު ސަމާލު ނެރިފި އެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައި ވަނީ މިއަދު 10:30 އިން މެންދުރުފަހު 15:00 އަށެވެ. އިއްޔެ ވެސް ވެރިރަށް މާލޭގެ ބައެއް ސަރަހައްދުތަކަށް ވަނީ އުދައިގެ އަސަރުކޮށްފަ އެވެ.  

Ad by Hajj Corporation

Ad by Hajj Corporation

މެޓް އޮފީހުން ބުނީ މިއަދު ވައި ހުންނާނީ އުތުރު އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށާއި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައި ޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދު ބާރުމިނުގައި ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.

 

View post on Twitter

 

ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު، އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާ ކުރެ އެވެ. މިގަޑިތަކުގައި ރާޅުތަކުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓު ދެމެދުގައި ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން މައުލޫމާތުދެ އެވެ.

އުދަ އަރާނެ ކަމަށް ލަފާ ކުރެވޭ ގަޑިތަކުގައި އެކަމަށް ސަމާލުވުމަށާއި ކަނޑުދަތުރުތައް ކުރުމުގައި ވެސް ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ އެކި ސަރަހައްދަށް އުދަ އަރާނެޚަބަރު | ގަޑިއިރެއް ކުރިންބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ؛ ކަނޑުތައް ގަދަވާނެ: މެޓްޚަބަރު | 17 ދުވަސް ކުރިންމޫސުން ރަނގަޅަސް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ: މެޓްޚަބަރު | 23 ދުވަސް ކުރިންމޫސުން އާންމުގޮތެއްގައި ރަނގަޅު، ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ: މެޓްޚަބަރު | 24 ދުވަސް ކުރިން