logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދީފައު ކުރުމަށް ބޭރުން އަންނަ ނުރައްކާތަކަށް ސަމާލުވަންޖެހޭ: މޭޖަ ޖެނެރަލް ހިލްމީ

އަޙުމަދު ރިޝާން
28 ޖުލައި 2026 - 06:16
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދީފައު ކުރުމަށް ބޭރުން އަންނަ ނުރައްކާތަކަށް ސަމާލުވަންޖެހޭ: މޭޖަ ޖެނެރަލް ހިލްމީ

 

 ރާއްޖޭގެ މިނިވަންކަމާއި ސަލާމަތަށްޓަކައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިފާއު ކުރުމަށް ބޭރުން އަންނަ ނުރައްކާތަކަށް ސަމާލުވާންޖެހޭ  ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހިލްމީ މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރި މަނަވަރާ ދިވެހި ސަރުކާރުން ރަސްމީކޮށް ހަވާލުވުމަށް ބޭއްވި ހަފުލާގައެވެ. ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ ރާއްޖޭއިން ބޭރުގެ ކަނޑުތަކަށް އަންނަ ނުރައްކާތައް މިހާރު ބޮޑުވެފައިވާ ކަމަށާއި އަދި އެ ނުރައްކާތައް ރާއްޖޭގެ އެތެރެ އަށް ވެސް އަންނަމުންދާ ކަމަށެވެ. މިކަމަށްޓަކައި ހަމައެކަނި ރާއްޖޭގެ ކަނޑުތަކުގެ އެތެރެ ސަރަހައްދަށް ސަމާލުކަންދީގެން ތިބެވެން ނެތް ކަމަށް ހިލްމީ ފާހަގަ ކުރެއްވެވި އެވެ.

މޭޖަ ޖެނެރަލް ހިލްމީ ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސަލާމަތަށް ނުރައްކާތެރިވާ ކަންކަން ކުރަމުން އަންނަ މީހުންނާއި އުޅަނދުފަހަރާ ކުރިމަތިލުމަށާއި ބޭރު ކަނޑުތަކުގައި ދިވެހިރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށް ދިވެހި އަސްކަރިއްޔާއިން މަނަވަރަށް ބޭނުންވާ މިންވަރު މިއަދު ހަމަވާ ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދީފައު ކުރުމަށް ރާއްޖެއިން ބޭރުން އަންނަ ނުރައްކާތަކާއި ކުރިމަތިލުމަށް ދިވެހި އަސްކަރިއްޔާގައި އެ ގާބިލުކަން ހުރުން މުހިއްމު ކަމަށް ވެސް ހިލްމީ ފާހަގަ ކުރެއްވެވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދީފައު ކުރުމަށް ބޭރުން އަންނަ ނުރައްކާތަކަށް ސަމާލުވަންޖެހޭ: މޭޖަ ޖެނެރަލް ހިލްމީޚަބަރު | ގަޑިއިރެއް ކުރިން"ތާރީޚުގައި ވެސް ދިވެހި އަސްކަރިއްޔާ ނުދެކޭހާ ކުރިއެރުމާއި ޤާބިލުކަން، ރައީސް ވަނީ ގެނެސްދެއްވާފައި"ޚަބަރު | އަހަރެއް ކުރިން