logoEN
ޚަބަރު

ތާރީޚުގައި ވެސް ދިވެހި އަސްކަރިއްޔާ ނުދެކޭހާ ކުރިއެރުމާއި ޤާބިލުކަން، ރައީސް ވަނީ ގެނެސްދެއްވާފައި: ޙިލްމީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

21 އޭޕްރީލު 2025 - 16:30

މިވީހާތަނަށް ދިވެހި ދިވެހި އަސްކަރިއްޔާ ނުދެކޭހާ ކުރިއެރުމާއި ޤާބިލުކަން މި ދައުރުގެ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ގެނެސްދެއްވާފައިވާ ކަމުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ.

ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކަޅުތުއްކަލާ ކޮށީގައި މިހާރު ކުރިއަށްގެންދާ ޚާއްސަ ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން ޙިލްމީ ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން ސިފައިންގެ ޤާނޫނަށް ޢަމަލުކުރަމުން އަންނައިރު، ސިފައިންގެ ޤާނޫނުގެ ފަސްވަނަ މާއްދާގައި ބަޔާންކުރާ ގޮތުގައި ދިވެހި ސިފައިންނަކީ އަސްކަރީ ބައެކެވެ. އަދި ދިވެހި ސިފައިންނަކީ އިގެ ބާރުތަކެއްގެ މައްޗަށް އެކުލެވިގެންވާ ގުޅިފައިވާ އަސްކަރީ ބާރުތަކެއް ކަމުގައި އެ މާއްދާގައި ބަޔާންކޮށްފައިވީ ނަމަވެސް، ފާއިތުވި އަހަރާއި ހަމައަށް ވެސް އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ވައިގެ ބާރު ސިފައިންގެ ތެރޭގައި ގާއިމްކުރެވިފައިނުވާ ކަމަށެވެ.

އަދި އެ ވައިގެ ބާރު ދިވެހި ސިފައިންގެ ތެރޭގައި ގާއިމްކޮށްދެއްވައި، ދިވެހި އެއާކޯ އުފެއްދެވީ ރައީސް ޑރ. މުޢިއްޒު ކަމުގައި ޙިލްމީ ފާހަގަކުރެއްވިއެވެ.

ސިފައިންގެ ގާނޫނުގެ ފަސް ވަނަ މާއްދާގައި ބަޔާންކުރެވިފައިވަނީ ދިވެހި ސިފައިންނަކީ އަސްކަރީ ބައެއް ކަމަށާއި، ދިވެހި ސިފައިންނަކީ އެއްގަމާއި، ކަނޑާއި، ވައިގެ ބާރުތަކެއްގެ މައްޗަށް އެކުލެވިގެންވާ ގުޅިފައިވާ އަސްކަރީ ބާރުތަކެއް ކަމުގައި. ސިފައިންގެ ޤާނޫނަށް 2008 ވަނަ އަހަރު ފެށިގެން ޢަމަލުކުރަމުން އައިސްފައިވާއިރު، މި ޤާނޫނުގައި ބަޔާންކޮށްފައިވާ ވައިގެ ބާރު ސިފައިންގެ ތެރޭގައި ފާއިތުވި އަހަރު އުފެއްދެވީ އަދުގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، - ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ

ޙިލްމީ އިތުރަށް ވިދާޅުވީ، ވައިގެ ބާރު އުފެއްދުމުގެ އިތުރުން، އެއްގަމާއި ކަނޑުގެ ބާރުގެ ޤާބިލްކަން އިތުރުކުރުމަށް ވެސް މި ވެރިކަމުގައި ގިނަ މަސައްކަތްތަކެއް ރައީސް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އޭގެ ނަތީއްޖާއެއްގެ ގޮތުން، މިވީހާތަނަށް ދިވެހި އަސްކަރިއްޔާ ނުދެކޭ ވަރުގެ ކުރިއެރުމާއި ޤާބިލްކަން، މި ވެރިކަމުހގެ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެމަނިކުފާނު، ދިވެހި އަސްކަރިއްޔާއަށް ހޯއްދަވައިދެއްވާފައިވާ ކަމުގައި ޙިލްމީ ވިދާޅުވިއެވެ.

undefinedރާއްޖޭގައި ބޭނުންކުރާ ޑްރޯންތައް ރައީސް މުއިއްޒު ބައްލަވާލައްވަނީ، އަރިހުގައި ޑީފެންސް މިނިސްޓަރު ޢައްސާން -- ފޮޓޯ: ރައީސް އޮފީސް

އަދި ރައީސްގެ މި ދައުރުވަނީ، ދިވެހި އަސްކަރިއްޔާގެ ތަރައްގީ އެތަކެއް ގުނައަކަށް އިތުރުވާނެ ދައުރަކަށް ކަމުގައި ވެސް ޙިލްމީ ވިދާޅުވިއެވެ.

ހަމަ އެހެންމެ، އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ އެއްގަމުގެ ބާރާއި، ކަނޑުގެ ބާރުގެ ޤާބިލްކަން ވެސް އިތުރުކުރުމަށްޓަކައި ގިނަ ގުނަ މަސައްކަތްޕުޅުތަކެއް އަދުގެ ރައީސުލްޖުމްހޫރިއްުޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާތަން. އަދި ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ހަވާލުވެވަޑައިގެން މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި، އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ކުރެވެމުންގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން މިވީހާތަނަށް ދިވެހި އަސްކަރިއްޔާ ނުދެކޭހާ ކުރިއެރުމާއި ޤާބިލުކަން މިހާރު މި އަންނަނީ ފެންނަމުން. ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ މި ރިޔާސީ ދައުރުވެގެންދާނީ މި އަސްކަރިއްޔާ ތަރައްގީ އެތަކެއް ގުނައަކަށް އިތުރުވެގެންދާނެ ދައުރަކަށް، - ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ

އެއާއެކު، ރައީސް މުޢިއްޒުއަކީ މި ޤައުމު ދެކެ ލޯބިވާ، ހިތްވަރުގަދަ އަދި ދިވެހި އަސްކަރިއްޔާ ފަޚުރުވެރިވާ ލީޑަރެއް ކަމުގައި ވިދާޅުވެ، އަސްކަރިއްޔާގެ ކުރިއެރުމަށް ރައީސް ކޮށްދެއްވާ މަސައްކަތްޕުޅުތަކަށް ދިވެހި އަސްކަރިއްޔާގެ ނަމުގައި ޙިލްމީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

"އެމަނިކުފާނަކީ މި ޤައުމުގެ ލޯބިވާ، ހިތްވަރުގަދަ އަޅުގަނޑުމެން ފަޚުރުވެރިޔާ ލީޑަރެއް،" ޙިލްމީ ވިދާޅުވިއެވެ.

undefinedސިފައިންގެ 133 ވަނަ އަހަރީ ދުވަހު ބޭއްވި ޚާއްސަ ހިނގާލުންމުގައި އަސްކަރިއްޔާގެ އައު އުޅަނދެއް ދައްކާލަނީ ---- މެންދުުރު ފޮޓޯ: ހުސައިން ޝައްމާޙް

ޙިލްމީ އެފަދައިން ވިދާޅުވިއިރު، ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކުރުމަށް މި ވެރިކަމުގައި ވަނީ އަސްކަރިއްޔާގެ ތާރީޚުގައި ވެސް މުޅިން އަލަށް މިލިޓަރީ ޑްރޯންތަކެއް ގަނެ އެއާކޯ ޤާއިމްކޮށްފައެވ. އަދި ދިވެހި އަސްކަރިއްޔާއަށް މުޅިން އައު 8 ޓޭންކަރު ގެނެސްފައިވާއިރު، ތުރުކީގެ ސަރުކާރުގެ ފަރާތުން ޑޯގަން ކްލާސްގެ މަނަވަރެއް ވެސް ހަދިޔާކުރަން ވަނީ ނިންމާފައެވެ.

ކޮމެންޓް

871x217_placeholder