logo
Bank of Maldives

Bank of Maldives

ޚަބަރު

ޖުޑީޝަރީ މިނިވަންކޮށްދީފިން، ސަރުކާރުން ވަކި ގޮތަކަށް ޙުކުމްކުރަން އެންގިކަމަށް ފަނޑިޔާރަކަށް މިހާރު ވިދާޅެއްނުވެވޭނެ: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
27 ޖުލައި 2026 - 17:50
''ޖުޑީޝަރީ މިނިވަންކޮށްދީފިން، ސަރުކާރުން ވަކި ގޮތަކަށް ޙުކުމްކުރަން އެންގިކަމަށް ފަނޑިޔާރަކަށް މިހާރު ވިދާޅެއްނުވެވޭނެ''

މި ސަރުކާރުން ރާއްޖޭގެ ޖުޑީޝަރީ މިނިވަންކޮށްދެއްވާފައިވާ ކަމަށާއި، ސަރުކާރުން މިވެނިގޮތަކަށް ޙުކުމްކުރަން އެންގިކަމަށް މިހާރު އެއްވެސް ފަނޑިޔާރަކަށް ވިދާޅުނުވެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ މީގެކުރިން ރައީސް އޮފީހުން ކޯޓުތަކަށް އޯޑަރު ފޮނުވި ނަމަވެސް، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން އެކަން ނިމުމަކަށް ގެންނަވާފައިވާ ކަމަށެވެ.

''ގެކުރީގައި ވިއްޔާ، ރައީސް އޮފީހުން އޯޑަރު ދާނީ ކޯޓުތަކަށް. އަޅުގަނޑު އެކަން ނިމުމަކަށް ގެނައިން. މިހާރު އެއްވެސް ފަނޑިޔާރަކަށް ވިދާޅެއްނުވެވޭނެ، ވިދާޅެއްނުވެސްވާނެ. ޙަޤީޤަތް ނޫންވީމަ ވިދާޅެއްނުވާނެ، ސަރުކާރުން މިވެނިގޮތަކަށް ޙުކުމްކުރަން އަންގައިފިއެކޭ. ޖުޑީޝަރީ އެވަނީ މިނިވަންކޮށްދީފައި'' ރައީސް ވިދާޅުވިއެވެ.

ޖުޑީޝަރީ މިނިވަންކަމާއެކު ހިންގުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ފައިސާ ކަމަށް ވިދާޅުވެ، ރައީސް ފާހަގަކުރެއްވީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޖުޑީޝަރީގެ ބަޖެޓް ވަކިކޮށްދީ، ކުރިއަށްވުރެ ބޮޑުކޮށްދީފައިވާ ކަމަށެވެ. އަދި އަމިއްލައަށް ޚަރަދުކުރެވޭނެ ނިޒާމެއްވެސް މިހާރު ވަނީ ޤާއިމުކޮށްދީފައެވެ. މީގެ އިތުރުން، ބޮލަށް ވެއްޓޭ ހިސާބުގައި ހުރި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިންފްރާސްޓްރަކްޗަރ ބަދަލުކޮށް، ޖާގަ ތަނަވަސް އިމާރާތްތަކެއްގައި އެ ދެ ކޯޓު ހިންގޭނެ މަގު ފަހިކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ޖުޑީޝަރީގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އެޅުމުގެ އެގްރީމަންޓުގައި 25 ޖުލައި 2026 ގައި އެމް.ޓީ.ސީ.ސީ. އާއެކު ސޮއިކޮށްފައިވާކަން ރައީސް އިޢުލާން ކުރެއްވިއެވެ. މި މަޝްރޫޢަކީ 720 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި މަސައްކަތް ނިމި، އެންމެ ލަސްވެގެން 2029 ވަނަ އަހަރުގެ ޤަޟާއީ އަހަރު ޖުޑީޝަރީން ފަށާނީ އަލަށް ބިނާކުރާ ސުޕީރިއާ ކޯޓު ކޮމްޕްލެކްސްގައެވެ. މިއީ ޖުޑީޝަރީ ޙަޤީޤީ މާނައިގައި މިނިވަންކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮސްޓްރޭލިއާ އިން ހަދިޔާކުރި މަނަވަރު ރައީސުލްޖުމްހޫރިއްޔާ ކޮމިޝަންކޮށްދެއްވައިފިޚަބަރު | ގަޑިއިރެއް ކުރިން''ޖުޑީޝަރީ މިނިވަންކޮށްދީފިން، ސަރުކާރުން ވަކި ގޮތަކަށް ޙުކުމްކުރަން އެންގިކަމަށް ފަނޑިޔާރަކަށް މިހާރު ވިދާޅެއްނުވެވޭނެ''ޚަބަރު | ގަޑިއިރެއް ކުރިންނޫސްވެރިކަމުގެ މިނިވަންކަންވެސް އެންމެ ފުޅާ ދާއިރާގައި ޔަޤީންކޮށްދީފިން: ރައީސްޚަބަރު | ގަޑިއިރެއް ކުރިން''މި ސަރުކާރުން ރާއްޖޭގެ ޑިމޮކްރަސީ މިނިވަންކޮށްދީފައި ވާނީ ކުރިން ދުވަހަކުވެސް މިނިވަންނުވާވަރަށް''ޚަބަރު | 2 ގަޑިއިރު ކުރިން