logo
Bank of Maldives

Bank of Maldives

ޚަބަރު

މި ސަރުކާރުން ރާއްޖޭގެ ޑިމޮކްރަސީ މިނިވަންކޮށްދީފައި ވާނީ މީގެ ކުރީ ދުވަހަކުވެސް މިނިވަންނުވާވަރަށް: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
27 ޖުލައި 2026 - 17:32
''މި ސަރުކާރުން ރާއްޖޭގެ ޑިމޮކްރަސީ މިނިވަންކޮށްދީފައި ވާނީ ކުރިން ދުވަހަކުވެސް މިނިވަންނުވާވަރަށް''

މި ސަރުކާރުން ރާއްޖޭގައި ޑިމޮކްރަސީ މިނިވަންކޮށްދީފައިވާ ވަރަށް، ދުވަހަކުވެސް މީގެކުރީގައި މި ރާއްޖޭގައި ޑިމޮކްރަސީ މިނިވަންކަމާއެކީގައި ތަންފީޒު ކުރެވިފައެއްނުވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ގައުމާ މުޚާތަބުކުރަށްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ ދާޚިލީގޮތުން މި ޤައުމުގައި މިނިވަންކަން އޮންނާނީ ޑިމޮކްރަސީގެ މިނިވަންކަން ފުރިހަމަގޮތުގައި އޮވެގެން ކަމަށާއި، ދިވެހީން ގަބޫލުކުރާ ހަމަޔަކީ ޑިމޮކްރަސީ އޭގެ ފުރިހަމަކަމުގައި ރާއްޖޭގައި އޮތުން ކަމަށެވެ. ރާއްޖޭގެ ތާރީޚުގައި ޑިމޮކްރަސީގެ ކަންކަން ފެށިގެން އައި ހިސާބުން ފެށިގެން މިއަދާ ހަމައަށް ބަލާއިރު، މި ސަރުކާރުން ޑިމޮކްރަސީ މިނިވަންކޮށްދީފައިވާ މިންވަރަށް މީގެކުރިން ދުވަހަކުވެސް ތަންފީޒު ކުރެވިފައި ނުވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ސިޔާސީ ޙަރަކާތްތައް ހިންގުމުގައި މިހާރު އެއްވެސް ހުރަހެއް ނެތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ އެތެރޭގެ އިންތިޚާބުތަކާއި ބައްދަލުވުންތައް ބޭއްވުމަށް ސްކޫލް ހޯލުތަކާއި ދައުލަތުގެ މުއައްސަސާތައް ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި ސިޔާސީ ލީޑަރުން ބޭނުންވާ ގޮތަކަށް ޙަރަކާތްތެރިވުމުގެ ފުރުޞަތު ފުރިހަމައަށް އޮތްކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ކުރީގައި ސަރުކާރެއް ހޮވުމާއެކު އެންމެ ފުރަތަމަ ކުރާ ކަމަކީ ކުރީގެ ވެރިމީހާ ޖަލަށްލުން ކަމަށާއި، ނަމަވެސް މި ސަރުކާރުން ސިޔާސީ ބަދަލުހިފުމުގެ ރޫޙު މި ޤައުމުން ނައްތާލާފައިވާ ކަމަށެވެ.

''އަޅުގަނޑުމެން މިދަނީ އިދިކޮޅު ފަރާތްތަކުން އިދިކޮޅު ސިޔާސީ ލީޑަރުން ބޭނުންވާގޮތަކަށް ޙަރަކާތްތެރިވުމަށް ފުރިހަމައަށް މިނިވަންކަމާއެކީގައި ފުރުޞަތު ދެމުން. ސިޔާސީ އެއްވެސް ލީޑަރަކު މިހާތަނަށް އައިއިރު ހައްޔަރުކޮށްފައެއް ނުވާނެ. ކުރީގައި ރައީސްކަން ކުރައްވާފައި ހުރި އެއްވެސް ބޭފުޅަކު ޖަލަށްލާފައެއް ނުވާނެ. މިއީތޯ މީގެކުރިން މި ޤައުމުގައި ކަންކަން އޮތްގޮތަކީ؟ ސަރުކާރެއް ހޮވާ ތަނުން އަވަސްވެގަންނަނީ، ކުރީގައި، އެންމެފަހުން ފޭބި ވެރިމީހާ ޖަލަށްލެވޭތޯ. ބަދަލުހިފުމުގެ ރޫޙު ނޫންކަމެއް ޤައުމުގައި ތަންފީޒުކޮށްފައެއް ނުވޭ. އެހެންނަމަވެސް، އަޅުގަނޑުވީ ވަޢުދަކީ، މި ޤައުމުން ސިޔާސީ ބަދަލުހިފުމުގެ ރޫޙު ނެތިކޮށްލާނަމޭ. އެހެންވީމާ، މިހާރު މި ރާއްޖޭގައި ސިޔާސީގޮތުން ޙަރަކާތްތެރިވުމުގައި އެއްވެސް ހުރަހެއް ނެތް. ސިޔާސީ ވިހަގަދަ ބަދަލުހިފުމުގެ ރޫޙުގެ އަޅުވެތިކަމުން މި ޤައުމު މިހާރު އަޅުގަނޑުމެން ވާނީ މިނިވަންކޮށްދީފައި.'' ރައީސް ވިދާޅުވެފަވެއެވެ.

އަނިޔާވެރިކަމުގެ ޘަގާފަތް ނިމުމަކަށް ގެނެސްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެއްވެއުޅުމުގެ މިނިވަންކަންވެސް އެތައް ގުނައަކަށް ފުޅާކޮށްދީފައިވާ ކަމަށެވެ. އެގޮތުން މީގެކުރިން މާލޭގައި ކުރީބައިގައި އެންގުމަކާނުލައި އެއްވެވެނީ ހަމައެކަނި ކާނިވާ ސަރަޙައްދަށް ކަމަށްވީ ނަމަވެސް، މިހާރު އެ ގަވާއިދު ބަދަލުކޮށް އެފަދަ 5 ސަރަޙައްދެއް ކަނޑައަޅާފައިވާނެ ކަމަށް ވިދާޅުވިއެވެ.

ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަންވެސް އޭގެ އެންމެ ފުޅާމިނުގައި ކަށަވަރުކޮށްދީފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މި ހުރިހާ ކަމެއްގައިވެސް އިސްލާމްދީނުގެ އަސްލުތަކާއި، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައިވާ އިންތަކަށް ހުރިހާ ފަރާތްތަކުންވެސް ތަބާވާންޖެހޭނެކަން ރައީސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮސްޓްރޭލިއާ އިން ހަދިޔާކުރި މަނަވަރު ރައީސުލްޖުމްހޫރިއްޔާ ކޮމިޝަންކޮށްދެއްވައިފިޚަބަރު | ގަޑިއިރެއް ކުރިން''ޖުޑީޝަރީ މިނިވަންކޮށްދީފިން، ސަރުކާރުން ވަކި ގޮތަކަށް ޙުކުމްކުރަން އެންގިކަމަށް ފަނޑިޔާރަކަށް މިހާރު ވިދާޅެއްނުވެވޭނެ''ޚަބަރު | ގަޑިއިރެއް ކުރިންނޫސްވެރިކަމުގެ މިނިވަންކަންވެސް އެންމެ ފުޅާ ދާއިރާގައި ޔަޤީންކޮށްދީފިން: ރައީސްޚަބަރު | ގަޑިއިރެއް ކުރިން''މި ސަރުކާރުން ރާއްޖޭގެ ޑިމޮކްރަސީ މިނިވަންކޮށްދީފައި ވާނީ ކުރިން ދުވަހަކުވެސް މިނިވަންނުވާވަރަށް''ޚަބަރު | 2 ގަޑިއިރު ކުރިން