އުދައެރުން އެކަށީގެންވޭ، އުދައަރާ ގަޑިތަކަށް ސަމާލުވޭ
28 ޖުލައި 2026 - 06:39

ރާއްޖޭގެ އެކި ސަރަހައްދަށް އުދަ އެރުމުގެ ބިރު އަދިވެސް އޮތް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
އުދައަރާފާނެ ކަމަށް ލާފާކޮށް، މެޓް އޮފީހުން އެންމެ ފުރަތަމަ ހުދު ސަމާލު ނެރެފައި ވަނީ އިއްޔެ އެވެ. އެ ފީހުން ވަނީ އެ ސަމާލު ދިގު ދަންމާލާފަ އެވެ. މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 2 ދުވަހު ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

Ad by Hajj Corporation
އެ އިދާރާއިން ލަފާކުރާ ގޮތުން މިއަދުވެސް ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރާނެ އެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެ އެވެ. މި ސަބަބާހުރެ އުދައަރާ ގަޑިތަކުގައި މުދަލަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ފާއިތުވި 24 ގަޑިއިރަށް ބަލާއިރު، އެންމެ ގިނައިން ވާރޭވެހިފައި ވަނީ ރ.އިފުރަށާއި ބ. ދަރަވަންދޫއަށާއި ށ. ފުނަދޫގެ އިތުރުން ކ. ދިއްފުށްޓަށް ކަމަށް މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
މެޓް އޮފީހުން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި މިއަދު ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގަ އެވެ.
މިއަދު ވައިޖެހޭނެ ގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ. އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މާލާއި 15 މޭލާ ދެމެދުގައި ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން މައުލޫމާތުދެ އެވެ.


