logo
Bank of Maldives

Bank of Maldives

ޚަބަރު

މޫސުން ވަރަށް ގޯސް! ދަތުރުކުރާ ފަރާތްތަކުން ސަމާލުވޭ

އައިޝަތު ނަޝާ
30 ޖުލައި 2026 - 08:23
މޫސުން ވަރަށް ގޯސް!ދަތުރުކުރާ ފަރާތްތަކުން ސަމާލުވޭ

މޫސުން ގޯސްވެ، ވައިގަދަވެފައި ވާތީ ސިނަމާލެ ބްރިޖާއި ލިންކުރޯޑުން ދަތުރުކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ޓްރެފިކް ފުލުހުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފަ އެވެ.

ފުލުހުން ވަނީ ދަތުރުކުރާއިރު ރައްކާތެރިވުމުގެ ގޮތުން ހަތަރު ކަމަކަށް ސަމާލުވުމަށް އެދިފަ އެވެ. އެއީ ބުރުގާ އަޅާ މީހުން، ވަޔާއެކު މޫނު މައްޗަށް ބުރުގާ ނުދާނެހެން ބެހެއްޓުމާއި، ފެންވަރު ރަނގަޅު ވިއްސާރަކޯޓެއް ބޭނުންކުރުމެވެ. މީގެ އިތުރުން، ވައި ގަދަވާ ގަޑިތަކުގައި އުޅަނދު ކޮންޓްރޯލް ކުރެވޭ މިންގަނޑެއްގައި ދުވެލި ބެހެއްޓުމަށާއި، އުޅަނދުގެ ހެޑްލައިޓް އަދި ޓެއިލްލައިޓު ދިއްލާފައި ބެހެއްޓުމަށްވެސް ފުލުހުން އިރުޝާދު ދީފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ. މިގޮތުން މާފަންނު ވެސްޓް ޕާކާއި، ސަލްމާން މިސްކިތް ސަރަހައްދުގެ އިތުރުން ސްވިމިންގ ޓްރެކް ސަރަހައްދުގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

 

View post on Twitter



މި ދުވަސްވަރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރަމުންދާއިރު، މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް މެޓު އޮފީހުން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓު ނެރެފަ އެވެ. މިއަދު ހެނދުނު 10:45 އިން ހަވީރު 4:00 އަށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅުގެ ރަށްތަކާ ހަމައަށް މި އެލާޓު ވަނީ ނެރެފަ އެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ނަސޭހަތްތެރިވެފަ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުން ވަރަށް ގޯސް!ދަތުރުކުރާ ފަރާތްތަކުން ސަމާލުވޭޚަބަރު | 2 ގަޑިއިރު ކުރިން ބައިސްކަލެއްގައި ދިޔަ ބިދޭސީއެއްގެ އަތުން 10،000 ރުފިޔާ ފޭރުނު މީހަކު ހައްޔަރުކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންގަމުން ގެއްލުނު ޒުވާނާ ފެނުނީ ޖޯއްޔެއްގައި އޮއްވައި، ހާލު ރަނގަޅުޚަބަރު | 18 ގަޑިއިރު ކުރިންލ.ގަމުން 20 އަހަރުގެ ފިރިހެނެއް ގެއްލިގެން ހޯދަނީޚަބަރު | 21 ގަޑިއިރު ކުރިން