logoEN
ޚަބަރު

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުން ދިޔަ ހަތަރު ބިދޭސީއަކު ޑީޕޯޓްކޮށްލައިފި

އައިޝަތު ނަޝާތާއައިޝަތު ނަޝާތާ

27 އޯގަސްޓު 2024 - 13:50

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުން ދިޔަ ހަތަރު ބިދޭސީން ޑީޕޯޓްކޮށްލައިފިއެވެ.

ފުލުހުން ބުނީ އެއިދާރާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއެކު، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މިމަހުގެ 11 ވަނަ ދުވަހު ވަނީ ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދA ބިދޭސީންނަށް ހާއްސަކޮށް އިންސްޕެކްޝަނެއް ހިންގާފައެވެ.

މިމައްސަލައިގައި ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްލީ ތައިލޭންޑަށް ނިސްބަތްވާ ތިން އަންހެނަކާ ފިރިހެނެކެވެ.

އެއީ 36 އަހަރުގެ އަންހެނަކާއި, 38 އަހަރުގެ އަންހެނަކާއި 41 އަހަރުގެ އަންހެނެއްގެ އިތުރުން 35 އަހަރުގެ ފިރިހެނެކެވެ. މި މީހުން މިމަހުގެ 25 ވަނަ ދުވަހާއި ހަަމައަށް ރާއްޖެއިން ޑީޕޯޓުކޮށްފައި ވެއެވެ.

ދޭތެރެ ދޭތެރެއިން ރާއްޖޭގައި ހަށިވިއްކައި ފުޅާ ދާޢިރާއެއްގައި އެކަން ކުރާ ބިދޭސީން ފުލުހުން ދަނީ ހައްޔަރުކުރަމުންނެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ ޑީޕޯޓުވެސްކޮށްލާފައެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަނުން ގުޅިގެން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަންގައި މިހާތަނަށް 3322 ބިދޭސީއަކު ވަނީ އެމީހުންގެ ގައުމަށް ފުރުވާލާފައެވެ.

ކޮމެންޓް

871x217_placeholder