logo
E-Platinum
ދުނިޔެ

ހަމާސްގެ ލީޑަރަކަށްވުން ދެން އެންމެގާތީ ޚަލީލް އަލް-ހަޔާ

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
19 އޮކްޓޯބަރު 2024 - 03:48
ޚަލީލް އަލް-ހަޔާ
ޚަލީލް އަލް-ހަޔާ

އިސްރާއީލު ސިފައިން މިދިޔަ ބުދަ ދުވަހު ދިން ބަޑީގެ ހަމަލާއެއްގައި ޝަހީދުވި ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރުގެ މަރާ ގުޅިގެން ހަމާސްގެ ލީޑަޝިޕް ބަދަލުކުރަން ނިންމައިފިއެވެ. އޮކްޓޯބަރު 7، 2023 ގައި އިސްރާއީލަށް ދިން ހަމަލާގެ މޭސްތިރި ސިންވާރު ވަނީ ޣައްޒާގައި އެ ޖަމާއަތުގެ ސިޔާސީ އަދި އަސްކަރީ ލީޑާޝިޕް އެއްކޮށްލައިގެން އެ ޖަމާއަތުގައި އިސްކޮށް ހަރަކާތްތެރިވެފަ އެވެ.

ސިންވާރު މަރުވުމަށްފަހު ހަމާސްގެ ނައިބު އަދި ޗީފް ނެގޯޝިއޭޓަރު ޚަލީލް އަލް ހަޔާ އާ ލީޑަރަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ.

ހަމާސްގެ ލީޑަރޝިޕް ބަދަލުވެފައި މިވަނީ އިސްރާއީލުގެ ވައިގެ ހަމަލާތައް އިތުރުވެ ހަމާސްއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ. އަލް ހަޔާ އެންމެ މަތީ މަގާމަށް އެރުމުގެ ފުރުސަތު އޮތުމަކީ ހަމާސްގެ ސްޓްރެޓެޖީ އަށް ބަދަލު ތަކެއް އަންނާނެ ކަމުގެ އިޝާރާތެއް ކަމަށާއި ސަރަހައްދީ މަޝްވަރާތައް ފުޅާކުރުމަށް ޣައްޒާއިން ބޭރުގައި އާ ސިޔާސީ ލީޑަރަކު އެ ޖަމާއަތުން އައްޔަން ކުރާނެ ކަމަށްވެސް ބެލެވެ އެވެ.

ޣައްޒާއާއި ހުޅަނގު އައްސޭރިއާއި އިސްރާއީލުގެ ޖަލުތަކާއި ފަލަސްތީނުގެ މެމްބަރުން ތަމްސީލުކުރާ ހަމާސްގެ ޝޫރާ ކައުންސިލުން އާ ލީޑަރާމެދު ގޮތެއް ނިންމާނީ ހަނިއްޔާގެ ކުރިން ހުންނެވި ޚާލިދު މެޝާލް އާއި ޝޫރާ ކައުންސިލްގެ ވެރިޔާ މުހައްމަދު ދަރްވިޝް އެވެ. އިސްރާއީލުން އެންމެ ފަހުން ދިން ހަމަލާއަށް އެޑްޖަސްޓްވަމުން އަންނައިރު، ހަމާސް ޖަމާއަތުގެ އެއްބައިވަންތަކަން ދަމަހައްޓައި، އެތެރޭގެ އަދި ބޭރުގެ ޕްރެޝަރުތަކަށް ރައްދު ދޭނީ ކިހިނެއްތޯ ސުވާލު އުފެދެ އެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުޙައްމަދު ސިންވާރުވެސް ޝަހީދުވެއްޖެ World | 2 މަސް ކުރިންސިފައިން މަދުވެ ޔަހޫދީންނަށް ދަތިތަކާ ކުރިމަލާން ޖެހިއްޖެ ޚަބަރު | 3 މަސް ކުރިންހަމާސް ބަލިކުރުން މުހިންމެއް ނޫން، ބޭނުމީ އަސީރުން މިނިވަންކުރަން ދުނިޔެ | 4 މަސް ކުރިންޝިރީ ބިބާސްގެ ހަށިގަނޑު ފޮރެންސިކް މާހިރުން ދެނެގަނެވިފައިވާ ކަމަށް އާއިލާއިން ބުނެފިދުނިޔެ | 5 މަސް ކުރިން