logo
Bank of Maldives

Bank of Maldives

ޚަބަރު

ސިފައިން މަދުވެ ޔަހޫދީންނަށް ދަތިތަކާ ކުރިމަލާން ޖެހިއްޖެ

އާމިނަތު ޝަފާ
27 އޭޕްރީލު 2025 - 04:43
ސިފައިން މަދުވެ ޔަހޫދީންނަށް ދަތިތަކާ ކުރިމަލާން ޖެހިއްޖެ

އިސްރާއީލުން މުސްލިމުންގެ ބިންތަކުގެ މިލްކުވެރިކަން ހޯދުމަށް ކުރަމުން އަަންނަ ހަނގުރާމައިގައި ސިފައިން މަދުވެ ދަތިތަކާ ކުރިމަތިވެއްޖެއެވެ.

އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ނަފްތަލީ ބެނެޓް ބުނީ ފާއިތުވި ދޮޅު އަހަރު ދުވަހުގެ ތެރޭގައި ޣައްޒާއާއި ހިފާފައިވާ ހުޅަނގު އައްސޭރިއާއި އުރުދުންގެ ވާދީ އާއި ޑެޑްސީގެ ސަރަހައްދާއި ލުބުނާން ސީރިއާ އަދި މިސްރުގެ ސީނާގެ ސަރަހައްދުތައް ފޭރިގަތުމަށް ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ޔަހޫދީ ސިފައިންގެ އަދަދު ބޮޑުތަނުން މަދުވެފައިވާކަމަށެވެ.

ބެނެޓް ބުނީ މިހާ ގިނަ އަދަދެއްގެ ސިފައިން ބޭނުންކުރަންޖެހުނު ފަހަރެއް މީގެ ކުރިން ދިމާވެފައެއް ނުވާކަމަށެވެ. އަދި ހަނގުރާމަކުރާ މީހުންގެ ތެރެއިން 20،000 މީހުން މިހާރުވެސް މަދުކަމަށް އޭނާ ވަނީ ބުނެފައެވެ.

އެއާއެކު ޔަހޫދީންގެ ރިޒާވިސްޓުންނަށް ކުރިމަތިވެފައިިވާ ދަތިތައް ލުއިކުރުމަށްޓަކައި ޔަހޫދީން ސިފައިންގެއަށް ވެއްދުމުގެ މައްޗަށް އޮތް ހުރަސްތައް ނައްތާލުމަށް އޭނާ ވަނީ ގޮވާލާފައެވެ.

މި އަހަރުގެ ޖަނަވަރީ މަހު އިސްރާއީލުގެ ސިފައިންގެ ތެރެއަށް 338 ޔަހޫދީން އިތުރަށް ވަނީ ވައްދާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްރާއީލުގެ ނޫސްތަކުން ބުނާގޮތުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ސަރަހައްދުތަކަށް ފޮނުވާފައިވާ ސިފައިންގެ ތިންބައިކުޅަ އެއްބައި މީހުންނަކީ ހަނގުރާމައިގެ ތަމްރީނު ލިބިފައިވާ ބައެއް ނޫންކަމުން އަސްކަރީ ހަނގުރާމަތައް ވަނީ މެދުކަނޑާލަންޖެހިފައެވެ.

 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސްއިން ދިން ހަމަލާއާ ގުޅިގެން ފެށުނު ހަނގުރާމައިގައި 844 ޔަހޫދީ ސިފައިން މަރުވެފައިވާއިރު ޔަހޫދީ ސަރުކާރުންވަނީ 300،000 އާންމުން ރިޒާވްއާ ގުޅުމަށް ގޮވާލާފައެވެ. ނަމަވެސް އިސްރާއީލުގެ މަދު ބަޔަކު ފިޔަވައި އެހެން އެންމެންވަނީ މި ގޮވާލުމަށް އިންކާރުކޮށްފައެވެ.

އިޒްރޭލްގެ އަސްކަރިއްޔާއަށް ބޭނުންވާ މިންވަރަށް ސިފައިން ނުލިބި، އޮޕަރޭޝަންތައް ހިންގުމަށް ދަތިތަކާކުރިމަތިލާން ޖެހިފައިވާއިރު ހަނގުރާމަ ހުއްޓާލުމަށް މިހާރުވެސް އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަހޫދީންގެ ހަމަލާއެއްގައި ހަމާސްގެ ކޮމާންޑަރަކު ޝަހީދުވެއްޖެ ދުނިޔެ | ދުވަހެއް ކުރިންހަމާސްއިން ޔަހޫދީ އަސީރުން މިނިވަންކުރަން ފަށައިފި ޚަބަރު | 2 މަސް ކުރިންމުޙައްމަދު ސިންވާރުވެސް ޝަހީދުވެއްޖެ World | 6 މަސް ކުރިންސިފައިން މަދުވެ ޔަހޫދީންނަށް ދަތިތަކާ ކުރިމަލާން ޖެހިއްޖެ ޚަބަރު | 8 މަސް ކުރިން