logo
Bank of Maldives

Bank of Maldives

ދުނިޔެ

ހަމާސް ބަލިކުރުން މުހިންމެއް ނޫން، ބޭނުމީ އަސީރުން މިނިވަންކުރަން

އާމިނަތު ޝަފާ
11 އޭޕްރީލު 2025 - 05:37
ހަމާސް ބަލިކުރުން މުހިންމެއް ނޫން، ބޭނުމީ އަސީރުން މިނިވަންކުރަން

އިސްރާއީލު އަސްކަރިއްޔާއަށް ހަމާސް ބަލި ކުރެވޭނެކަމަށް ގަބޫލުނުރެވޭކަމަށާއި ހަމާސް ބަލިކުރަން އުޅުމަށްވުރެ އަސީރުން މިނިވަންކުރަން އުޅުން މާ ރަނގަޅުވާނެކަމަށް

ޔަހޫދީން ބުނެފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްރާއީލުގެ ޑިމޮކްރަސީ އިންސްޓިޓިއުޓުން ޔަހުދީންގެ މެދުގައި ކުރިއަށް ގެންދިޔަ ސާވޭއަކުން ދައްކާގޮތުން ހަމާސް ބަލިކުރުމަށްވުރެ ހައްޔަރުވެފައިވާ މީހުން ދޫކޮށްލުމަށް އިސްކަންދޭންޖެހޭކަމަށް އެމީހުން ދެކެއެވެ.

މި ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 68 އިންސައްތަ މީހުން ގަބޫލުކުރަނީ އަސީރުން ދޫކޮށްލުމަށް ޔަހުދީ ޣައްރު ގާނުނީ ސަރުކާރުން އިސްކަންދޭންޖެހޭ ކަމަށެވެ. ހަމާސް ބަލިކުރަން ޖެހޭކަމަށް ބުނެފައިވަނީ 25 އިންސައްތަ މީހުން ނެވެ.

ސާވޭގަިއ ބައިވެރިވި 49 އިންސައްތަ މީހުން ގަބޫލުކުރަނީ ހަމާސް ބަލިކުރުމާއި ހައްޔަރުކުރެވިފައިވާ މީހުން ދޫކޮށްލުން އެއްފަހަރާ ކުރުމަކީ ނުކުރެވޭނެ ކަމެއް ކަމަށެވެ.

މާރޗް 18 ގައި ހުއްޓުމަކަށް އައި ހަނގުރާމަ އަލުން ފެށުނު ފަހުން އިސްރާއީލުން އަންނަނީ ހަނގުރާމައިގެ އެތައް ޖަރީމާތަކެއް ޣައްޒާގެ ބިމުގައި ހިންގަމުންނެވެ. ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން އަންނަނީ އަސީރުން މިނިވަންކުރަން ހަމާސްއަށް ބާރުއެޅުމުގެ ގޮތުންކަމަށެވެ.

ހަނގުރާމައިގެ އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން އިސްރާއީލާއި މިސްރާ ދެމެދު ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށްޓަކައި އައު ހުށަހެޅުންތަކެއް މިހާރުވަނީ ބަދަލުކޮށްފައެވެ.

މި ހުށަހެޅުންތަކަކީ އެމެރިކާގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް ހުށަހެޅި ހުށަހެޅުމާއި، މިސްރާއި ޤަޠަރުން މާޗް މަހުގެ ފަހުކޮޅު ހުށަހެޅި ހުށަހެޅުޅުންތަށް ދިރާސާކުރުމަށްފަހު ވެފައިވާ އެއްބަސްވުންތަކެއްކަމަށް މައުލޫމާތުލިބެއެވެ.

ވިޓްކޮފްގެ ހުށަހެޅުމުގައި ހިމެނެނީ އިސްރާއީލުގެ 5 އަސީރުން ދޫކޮށްލުމުގެ ބަދަލުގައި ދެ މަސް ދުވަހުގެ ހަނގުރާމަ ހުއްޓުމަށާއި ، އިސްރާއީލުގެ ޖަލުތަކުގައި ތިބި މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު ދޫކޮށްލުމެވެ.

މިސްރުގެ ހުށަހެޅުމުގައި ހިމެނެނީ ހަމާސްއިން 8 ޔަހޫދީ އަސީރުން ދޫކޮށްލުމާ ބަދަލުގައި 40 އާއި 70 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމާއި، އިސްރާއީލުގެ ޖަލުތަކުގައި ތިބި މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު ދޫކޮށްލުމެވެ.
މި ދެ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް އިސްރާއީލާއި މިސްރުން އައު ހުށަހެޅުންތަކެއް ތައްޔާރުކޮށް ބަދަލުކޮށްފައިވާނަމަވެސް މި ހުށަހެޅުންތަކުގެ ތަފްޞީލު އަދި ހާމަކޮށްފައެއް ނުވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަހޫދީންގެ ހަމަލާއެއްގައި ހަމާސްގެ ކޮމާންޑަރަކު ޝަހީދުވެއްޖެ ދުނިޔެ | 2 ދުވަސް ކުރިންހަމާސްއިން ޔަހޫދީ އަސީރުން މިނިވަންކުރަން ފަށައިފި ޚަބަރު | 2 މަސް ކުރިންމުޙައްމަދު ސިންވާރުވެސް ޝަހީދުވެއްޖެ World | 6 މަސް ކުރިންސިފައިން މަދުވެ ޔަހޫދީންނަށް ދަތިތަކާ ކުރިމަލާން ޖެހިއްޖެ ޚަބަރު | 8 މަސް ކުރިން