logo
Bank of Maldives

Bank of Maldives

ދުނިޔެ

ޝިރީ ބިބާސްގެ ހަށިގަނޑު ފޮރެންސިކް މާހިރުން ދެނެގަނެވިފައިވާ ކަމަށް އާއިލާއިން ބުނެފި

އައިޝަތު ދިޔާނާ އަލީ ރިޔާޒް
22 ފެބްރުއަރީ 2025 - 06:56
ޝިރީ ބިބާސްގެ ހަށިގަނޑު ފޮރެންސިކް މާހިރުން ދެނެގަނެވިފައިވާ ކަމަށް އާއިލާއިން ބުނެފި

އިޒްރޭލުގެ އިންސްޓިޓިއުޓް އޮފް ފޮރެންސިކް މެޑިސިންއިން ޝިރީ ބީބާސްގެ ހަށިގަނޑު ޕޮޒިޓިވްކޮށް ދެނެގަނެވިފައިވާ ކަމަށް ބިބާސް އާއިލާއިން ބުނެފި އެވެ.

ހަމާސް އިން އިސްރާއީލުގެ ގައިދީންގެ ހަށިގަނޑު ރެޑް ކްރޮސްއަށް ފޯރުކޮށްދިނީ އޭގެ އެއް ދުވަސް ކުރިން ގޯސް ހަށިތައް ފޮނުވުމަށް ފަހު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝިރީގެ އާއިލާއިން ބުނީ އުމުރުން 32 އަހަރުގެ ޝިރީ މަރާލާފައިވަނީ ބަންދުގައި ބަހައްޓައިގެން ކަމަށާއި ނަމަވެސް އޭނާގެ ފޮރެންސިކް ތަހުލީލުތަކުގެ ނަތީޖާއާ ގުޅޭ އިތުރު ތަފްސީލެއް ދޭން ދެކޮޅު ހަދާފައިވާ ކަމަށެވެ. ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާއެއްގައި އެ އާއިލާ ޝަހީދުވެފައިވާ ކަމަށް ހަމާސް އިން ބުނެފި އެވެ.

ކިބްބުޓްޒްގެ ތަރުޖަމާނަކު މިހެން ވިދާޅުވެފައި މިވަނީ ހުކުރު ދުވަހު ޣައްޒާއިން އިސްރާއީލަށް އެނބުރި އައި ހަށިގަނޑަކީ ޝިރީ ބިބާސްގެ ހަށިގަނޑެއްކަން ފޮރެންސިކް މާހިރުން ކަށަވަރުކޮށްދީފައި ވަނިކޮށް، ބިބާސް އާއި އޭނާގެ ކުޑަ ދެ ދަރިން މަރާލާފައިވަނީ ބަންދުގައި ބެހެއްޓުމަށް ފަހު ކަމަށް ބުނެއެވެ.

ބިބާސް އާއި އޭނާގެ ދެ ދަރިންގެ ހަނދާންތައް އާކޮށް އެ ބަޔާނުގައި ބުނެފައި ވަނީ "އާއިލާއެއްގެ ގޮތުގައި އެތައް އުފާވެރި ވަގުތުތަކެއް ހޭދަކުރި ނިރް އޯޒްގައި ހުންނަ ގެއާއި ބެލްކަންޏާއި ގްރާސް ދެކެ ލޯބިވާ" ކަމަށެވެ.

އަދި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ދިން ހަމަލާގައި ބިބާސްގެ މައިންބަފައިން ވެސް މަރުވެފައިވާކަން ފާހަގަކޮށްފައިވެ އެވެ.

ހަމާސް ޖަމާއަތުން މިދިޔަ ހުކުރު ދުވަހު ރެޑްކްރޮސްއަށް އިތުރު ކޮފީނެއް ފޯރުކޮށްދިން ކަމުގެ ރިޕޯޓް ކުރަމުން އަންނައިރު، މިދިޔަ ބުރާސްފަތި ދުވަހު އިސްރާއީލުގެ ބަންދުގައި ހުރި ޝިރީ ބިބާސްގެ ހަށިތައް ހުރި ކަމަށް އިޒްރޭލުން ތުހުމަތު ކޮށްފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހަމާސް ޖަމާއަތުން އޭނާގެ ބަދަލުގައި ނުދަންނަ މީހަކު އަނބުރާ ފޮނުވާލި ކަމަށް އިޒްރޭލުން ތުހުމަތު ކުރުމާ ގުޅިގެންނެވެ.

ފޮރެންސިކް ތަހުލީލާއި ގުޅޭ އިތުރު ތަފްސީލެއް އާއިލާއިން އަދި އޭނާ މަރާލީ ބަންދުގައި ބަހައްޓައިގެން ކަމަށް ވެސް އާއިލާއިން ބުނެފައެއް ނުވެ އެވެ. އަދި ޣައްޒާގައި ޝަހީދުވި ޝިރީ އާއި އޭނާގެ ދެ ދަރިން ކަމަށްވާ އެރިއެލް އާއި ކްފިރް ވެސް "ޕްރޮސެސްކޮށް ހިތާމަ ކުރާނެ ޖާގަ" ދިނުމަށް އެ މީހުން ވަނީ ގޮވާލައިފަ އެވެ.

ހަމާސް އިން ބުނީ އެ އާއިލާ ޝަހީދުވީ ޣައްޒާގައި ބަންދުކޮށްފައި ހުންނަވަނިކޮށް އިސްރާއީލުން ދިން ހަމަލާއެއްގައި ކަމަށެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަހޫދީންގެ ހަމަލާއެއްގައި ހަމާސްގެ ކޮމާންޑަރަކު ޝަހީދުވެއްޖެ ދުނިޔެ | 2 ދުވަސް ކުރިންހަމާސްއިން ޔަހޫދީ އަސީރުން މިނިވަންކުރަން ފަށައިފި ޚަބަރު | 2 މަސް ކުރިންމުޙައްމަދު ސިންވާރުވެސް ޝަހީދުވެއްޖެ World | 6 މަސް ކުރިންސިފައިން މަދުވެ ޔަހޫދީންނަށް ދަތިތަކާ ކުރިމަލާން ޖެހިއްޖެ ޚަބަރު | 8 މަސް ކުރިން