2028 ކާމިޔާބުކުރަން އުކުޅަހުން ވަނީ ނަމޫނާ ދައްކާފައި: މިނިސްޓަރު ރާފިއު
6 އޯގަސްޓު 2026 - 07:15

އަންނަ 2028 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އއ. އުކުޅަހުން ވަނީ ނަމޫނާ ދައްކާފައި ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
އުކުޅަހުގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޕީއެންސީ ޖަގަހަ ޖަސްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ މިއަހަރުގެ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި އުކުޅަހުން ވެރިކަން ކުރާ ޕީއެންސީއިން ހޯދި ފުރިހަމަ ކާމިޔާބީއަށް ތައުރީފް ކުރައްވާ، ހިތުގެ ފުންމިނުން ރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

Ad by Hajj Corporation
މިނިސްޓަރުގެ ވާހަކައިގައި މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން އުކުޅަހަށް ގެނެސްދީފައިވާ ތަރައްގީއަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން 3 އަހަރުވަންދެން ނުނިމި އޮތް އެރަށުގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމާ ޒުވާނުންނަށް ބޭނުން ކުރެވޭގޮތް މިސަރުކާރުން ހަމަޖައްސައިދިން ކަމަށް ވިދާޅުވިއެވެ. އަދި ރަށުގެ ތަރައްގީއަށް ކުރަން ހުރި ކަންކަން ބާރު ސްޕީޑުގައި ކުރިއަށްދާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ތައްގީގެ މަގުގައި އެކި ރޮގު ރޮގުން ރަށަށް ކުރިއެރުން ލިބެމުންދާކަން ހުދު ރަށުގެ ރައްޔިތުން މިހާރު ބޫލުކުރާ ކަމަށެވެ.
މިނިސްޓަރުގެ ވާހަކައިގައި އުކުޅަހަކީ މީގެ ކުރިން ގިނަ އަހަރުތަކެއް ވަންދެން އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް ރަށެއްކަން ފާހަގަކުރެއްވިއެވެ. ނަމަވެސް ކައުންސިލް އިންތިހާބުގައި އުކުޅަހުގެ ރައްޔިތުންވަނީ ޕީއެންސީއަށް ކާމިޔާބު ހޯދައިދީ އެ ދިގު މާޒީ ބަދަލުކޮށްލާފައި ކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅިވީ އަންނަ 2028 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އއ. އުކުޅަހުން ވަނީ ނަމޫނާ ދައްކާފައި ކަމަށެވެ.
އިރާދަކުރެއްވިޔާ އަޅުގަނޑުގެމެންގެ މަސައްކަތް ކުރިއަށް ދާނީ އެންމެން އެއްކޮށް، އެންމެން ގުޅިގެން އެއްކަމެއް ހާސިލުކުރުމަށް: މިނިސްޓަރު
މިސަރުކާރުގައި އެއްވެސް ސިޔާސީ ހަލަބޮލިކަމެއް ނެތްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ވަނީ ރައްޔިތުންނަށް ހަމަޖެހުން ގެނެސްދީފައި ކަމަށެވެ.


