logo
Bank of Maldives

Bank of Maldives

ޚަބަރު

އިނގިރޭސިވިލާތުގެ ސަފީރު ކަމަށް ޖަމީލާ

އަޙުމަދު ރިޝާން
16 އޯގަސްޓު 2026 - 05:12
އިނގިރޭސިވިލާތުގެ ސަފީރު ކަމަށް ޖަމީލާ

އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރެއްގެ މަގާމަށް ޖަމީލާ އަލީ ހާލިދު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނު ބަޔާންކުރާގޮތުން، ރާއްޖެއިން އެކި ގައުމުތަކަށް ކަނޑައަޅާ ސަފީރުން އައްޔަންކުރެއްވުމުގެ ކުރިން މަޖިލީހުގެ ރުހުން ހޯދަންޖެހެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިނގިރޭސިވިލާތަށް ކުރިން ސަފީރެއްގެ ގޮތުން ހުންނެވި އިރުތިޝާމް އާދަމް، ހާރިޖީ ވަޒީރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވުމާ ގުޅިގެން އެ މަގާމު ހުސްވެފައިވާއިރު، ޖަމީލާ އެ މަގާމަށް އައްޔަންކުރެއްވުމާ މެދު ގޮތެއް ނިންމުމަށް މި މައްސަލަ ވަނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ. އެ މަގާމަށް ޖަމީލާ އައްޔަންކުރެވޭނީ ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމުން ނަގާ ވޯޓަކުން ފާސްވުމުންނެވެ.

ހާރިޖީ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ޖަމީލާ ވަނީ މީގެ ކުރިން ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމު އިތުރުން ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަންވެސް ކުރައްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަސޭޙަތާއި ޒިކުރުގެ ބޯޑު ހަރުކުރުމުގެ ޤައުމީ މަޝްރޫޢު މާލެ އަތޮޅުގެ ރަށްތަކުން ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިން‘’ދީން މަތިވެރިކުރުމުގައި އެންމެ ބޮޑު ހަކަތައަކާއި ޖޯޝެއް ފާޅުކޮށްފައިވަނީ ޒުވާނުން’’ޚަބަރު | 3 ގަޑިއިރު ކުރިން ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ ރައީސް މުޢިއްޒު އަޅުއްވައިދެއްވައިފިޚަބަރު | 16 ގަޑިއިރު ކުރިންރައްޔިތުންގެ އަޑުގައި ބައިވެރިވުމަށް އިތުރު އަށް ދާއިރާ އަކުން ފުރުސަތު ހުޅުވާލައިފިޚަބަރު | ދުވަހެއް ކުރިން