logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ޕްރިމިއަރ ބޭންކްގެ ޑިޖިޓަލް މަންސަތައް އިފުތިތާޙުކޮށްދެއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
17 އޯގަސްޓު 2026 - 19:38
ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ޕްރިމިއަރ ބޭންކްގެ ޑިޖިޓަލް މަންސަތައް އިފުތިތާޙުކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް ޕްރިމިއަރ ބޭންކް (އެމް.ޕީ.ބީ)ގެ ޑިޖިޓަލް މަންސަތައް ރަސްމީކޮށް އިފުތިތާޙުކޮށްދެއްވައިފިއެވެ.

މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވެވި މި އިފުތިތާޙީ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބޭންކުގެ މޯބައިލް އެޕްލިކޭޝަން 'އެމް.ޕީ.ބީ ޕްލަސް' އާއި އިންޓަރނެޓް ބޭންކިންގ ޚިދުމަތް ރަސްމީކޮށް އިފުތިތާޙުކޮށްދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމް.ޕީ.ބީ އަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހުއްދައާ އެކު ރާއްޖޭގައި އޮޕަރޭޓްކުރަން ފެށި، ޓިއަރ 1 ފެންވަރުގެ ސައްތައިން ސައްތަ ދިވެހި އާ ކޮމާޝަލް ބޭންކެކެވެ. ރާއްޖޭގެ 9 ވަނަ ބޭންކުގެ ގޮތުގައި ވިޔަފާރި ފެށި މި ބޭންކަށް އޮޕަރޭޓިންގ ލައިސެންސް ލިބިފައިވަނީ 2026 ވަނަ އަހަރުގެ މެއި މަހުއެވެ. އަދި އޮގަސްޓް 2026 ގައި މި ބޭންކު ރަސްމީކޮށް އިފްތިތާހުކޮށް، ފުރަތަމަ ބްރާންޗާއި ހެޑް އޮފީސް ވަނީ ހުޅުވާފައެވެ.

މި ބޭންކުގެ މައިގަނޑު މަޤުޞަދަކީ ދިވެހި މާލީ ވެއްޓަށް އަހުލުވެރި، ޒަމާނީ، އިތުބާރު ހުރި މާލީ ޚިދުމަތްތަކެއް މެދުވެރިކޮށް، ރީޓެއިލް، ޕްރިމިއަރ އަދި ކޯޕަރޭޓް ކަސްޓަމަރުންނަށް ފަހި ފުރުޞަތުތައް ހޯދައިދިނުމެވެ. އަދި ވަކިވަކި ފަރުދުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ބޮޑެތި ކޯޕަރޭޝަންތަކަށް ރާއްޖެއާއި ބައިނަލްއަޤުވާމީ މައިދާނުން ފުރުޞަތުތައް ފަހިކޮށްދިނުމަކީ ވެސް ބޭންކުގެ އަމާޒެކެވެ.

ޑިޖިޓަލް ފުރަތަމަ އުސޫލުން ވިޔަފާރިކުރާ މި ބޭންކުން ލޯކަލް ފައިސާގެ މުއާމަލާތްތަކާއި، ފޮރިން އެކްސްޗޭންޖް އަދި ޒަމާނީ ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެމް.ޕީ.ބީގެ ޚިދުމަތްތައް ފަރުމާކުރެވިފައިވަނީ ޑިޖިޓަލް މަންސައެއްގައި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ބިނާކޮށް، ބައިނަލްއަޤުވާމީ ގުޅުންތައް ކަށަވަރުކޮށްދީގެން، ހަރުދަނާ ހިންގުމުގެ އޮނިގަނޑެއްގެ ތެރެއިން ކަސްޓަމަރުންނަށް އިސްކަންދީގެން ޚިދުމަތް ދިނުމަށެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، މަރުކަޒީ ބޭންކުގެ ގަވަރނަރ އަޙްމަދު މުނައްވަރާއި، ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް އަދި އެމް.ޕީ.ބީގެ ހިއްސާދާރު މުޙައްމަދު ޢަލީ ޖަނާޙް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން އެމް.ޕީ.ބީގެ ބޯޑު މެންބަރުންނާއި، އިސް އޮފިޝަލުންނާއި، ބޭންކުގެ ޕާޓްނަރުން އަދި ރާއްޖޭގެ މާލީ ދާއިރާގެ ފުންނާބު އުސް ގިނަ އަދަދެއްގެ ބޭފުޅުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަސޭޙަތާއި ޒިކުރުގެ ބޯޑު ހަރުކުރުމުގެ ޤައުމީ މަޝްރޫޢު މާލެ އަތޮޅުގެ ރަށްތަކުން ފަށައިފިޚަބަރު | 3 ގަޑިއިރު ކުރިން‘’ދީން މަތިވެރިކުރުމުގައި އެންމެ ބޮޑު ހަކަތައަކާއި ޖޯޝެއް ފާޅުކޮށްފައިވަނީ ޒުވާނުން’’ޚަބަރު | 4 ގަޑިއިރު ކުރިން ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ ރައީސް މުޢިއްޒު އަޅުއްވައިދެއްވައިފިޚަބަރު | 17 ގަޑިއިރު ކުރިންރައްޔިތުންގެ އަޑުގައި ބައިވެރިވުމަށް އިތުރު އަށް ދާއިރާ އަކުން ފުރުސަތު ހުޅުވާލައިފިޚަބަރު | ދުވަހެއް ކުރިން