logo
MPL

MPL

ޚަބަރު

ކުޅިވަރުގައި ކޮރަޕްޝަނަށް ހުރި ހިރާސްތައް ދެނެގަތުމުގެ ދިރާސާ ރިޕޯޓް ނެރެފި

އައިޝަތު އިނާޝާ
19 އޯގަސްޓު 2026 - 07:15
ކުޅިވަރުގައި ކޮރަޕްޝަނަށް ހުރި ހިރާސްތައް ދެނެގަތުމުގެ ދިރާސާ ރިޕޯޓް ނެރެފި

ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުމުގެ ދިރާސާ ރިޕޯޓް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު އިފްތިތާޙުކޮށްދެއްވައިފިއެވެ.

‏ މި ދިރާސާ ރިޕޯޓް އިފްތިތާޙުކުރުމަށް މިއަދު ޔޫތު ހަބުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ކުޅިވަރުގެ ދާއިރާގައި ހިންގާ ނޭދެވޭ ޢަމަލުތަކާއި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ކަމާބެހޭ ޤާނޫނީ އިދާރާތަކާ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގޮތުން ކުޅިވަރުގައި ނަޒާހަތްތެރިކަން ކުރިއެރުވުމުގެ ގޮތުން އެންޓި -ކޮރަޕްޝަން ކޮމިޝަނާ ގުޅިގެން 2024ގައި "ޕަޗަސް" ކެމްޕެއިން ފަށާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކުޅިވަރުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އިސްނަގައިގެން، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން، ކުޅިވަރު އެސޯސިއޭޝަންތަކާއި ކްލަބުތަކަށް ދައުލަތުން ދޫކުރާ ފައިސާ ޚަރަދުކުރާ ގޮތް ވަރަށް ގާތުން ބަލައި، އޮޑިޓްކުރުމުގެ ނިޒާމު މިހާރު އިތުރަށް ހަރުދަނާކޮށްފައިވާ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މާލީ މުޢާމަލާތްތައް ދެފުށް ފެންނަ ގޮތަށް ބެހެއްޓުމަށްޓަކައި، ހަރުދަނާ މާލީ އުޞޫލުތަކަކާއި ގައިޑްލައިންތަކެއް ތަޢާރަފުކޮށް، އެކަންކަމަށް ޢަމަލުކުރަން މިހާރު ލާޒިމުކޮށްފައިވާ ކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެސޯސިއޭޝަންތަކުގެ އިންތިހާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުމުން މިވަނީ ނިމުމަކަށް ގެނެވިފައިވާ ކަމަށާއި ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅުންތެރިންނާ ގުޅުންހުރި ކަންކަމަށް ހާއްސަކުރެވިފައިވާ އުސޫލުތައް މިހާރު ހަރުދަނާ ކުރެވިފައިވާ ކަމަށެވެ.

“ކުޅިވަރު ކުޅުންތެރިންނާއި އޮފިޝަލުންނަށް ސަރުކާރުން ދެމުން އަންނަ މުސަރާ މިވަނީ ބޮޑުކުރެވި، އެއް ހަމައެއްގައި ދެވެން ފަށާފައި. ބައިނަލްއަގްވާމީ މުބާރާތްތަކުން ހޯދާ ކާމިޔާބީތަކަށް ދެވޭ އިނާމް ފައިސާގެ އުސޫލުވެސް މިވަނީ ރިވައިޒްކުރެވި ހަރުދަނާކުރެވިފައި.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ބައިނަލްއަގްވާމީ އިދާރާތަކުގެ އުސޫލުތަކާއި، ރާއްޖޭގެ ކުޅިވަރުގެ ޤާނޫނާ އެއްގޮތްވާ ގޮތަށް އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދުތައް ބަދަލުކުރެވި އިސްލާހުކުރެވިފައިވާ ކަމަށާއި ރާއްޖޭގެ ކުޅިވަރުގެ ޤާނޫނަށް މުހިންމު ގިނަ ބަދަލުތަކެއް ވެސް ގެނެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ޤައުމީ ޓީމްތަކުގެ އެތުލީޓުންނާއި އޮފިޝަލުންނަށް ހެލްތު އިންޝުއަރެންސް ހަމަޖައްސައިދެއްވާ، ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޤައުމީ އަދި ބައިނަލްއަޤްވާމީ މުބާރާތްތައް ކުޅޭ ތަންތަނުގައި ހުރުން ލާޒިމް މިނިމަމް މެޑިކަލް ރިކުއާމެންޓްތަކަށް އަމަލު ކުރަން ފަށާފައިވާ ކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޅިވަރުގައި ކޮރަޕްޝަނަށް ހުރި ހިރާސްތައް ދެނެގަތުމުގެ ދިރާސާ ރިޕޯޓް ނެރެފިޚަބަރު | ގަޑިއިރެއް ކުރިންމިލަންދޫ މުއައްސަސާތަކަށް ހުޅުވާލައިގެން ހާއްސަ "ސްޕޯޓްސް ފިއެސްޓާ އެއް!ކުޅިވަރު | މަހެއް ކުރިން