ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ޔަޒްމީދު
20 އޯގަސްޓު 2026 - 07:09

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަގާމަށް، އަލްފާޟިލް ޔަޒްމީދު މުޙައްމަދު އައްޔަނުކޮށްފިއެވެ.
ޔަޒްމީދު މި މަޤާމަށް އައްޔަނުކޮށްފައިވަނީ، ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

Ad by Hajj Corporation
ޔަޒްމީދު އަކީ ދައުލަތުގެ އެކިއެކި އިދާރާތަކުގައާއި ޕްރައިވެޓް ސެކްޓަރގެ އިސް މަގާމުތަކުގައި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާ، ގަވަރނަންސް އާއި، އޮޑިޓިންގ އާއި، އެންޓި-ކޮރަޕްޝަން އާއި، އެކައުންޓިންގ އާއި، ފައިނޭންސް އާއި، ހިންގުމުގެ ދާއިރާއިން ގިނަގުނަ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަންނީ ބޭފުޅެކެވެ.
ޔަޒްމީދު ފުރުއްވާފައިވާ އިސް މަގާމުތަކުގެ ތެރޭގައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނާއިބު ރައީސް ކަމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރު ކަމާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އޮޑިޓް މެނޭޖަރުކަން ފާހަގަކުރެވެއެވެ.
ޔަޒްމީދު އަކީ އެސޯސިއޭޝަން އޮފް ޗާޓަރޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) ފުރިހަމަކޮށްފައިވާ ސަރޓިފައިޑް ޗާޓަރޑް އެކައުންޓެންޓެކެވެ. އަދި އޯޕަން ޔުނިވަރސިޓީ މެލޭޝިޔާއިން ހިންގުމުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވުމުގެ އިތުރުން އޮކްސްފޯރޑް ބްރޫކްސް ޔުނިވަރސިޓީއިން އެކައުންޓިންގ ދާއިރާއިން ފަސްޓް-ކްލާސް އޮނަރސް ޑިގްރީ ހާސިލުކުރައްވާފައިވެއެވެ.
އަމާޒަކީ އަލަށް އައްޔަނުކުރެއްވި ސީއީއޯގެ އިސްނެގުމުގެ ދަށުން މިއޮފީހުގެ އިދާރީ ހިންގުމުގެ ނިޒާމު އިތުރަށް ފުރިހަމަވެގެންދިއުމެވެ. އަދި ދިވެހިރާއްޖޭގައި ހަރުދަނާ، ދެމެހެއްޓެނިވި ޕެންޝަން ނިޒާމެއް ޤާއިމުކުރުމަށް ޕެންޝަން އޮފީހުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތައް ލިބިގެންދިއުން: ޕެންޝަން އޮފީހުގެ ބޯޑު
ޕެންޝަން އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރިޓަޔަރމަންޓް ޕެންޝަނާއި އަސާސީ ޕެންޝަން ދޫކުރުމާއި، ކަމާގުޅޭ ޤަވާއިދުތައް އެކަށައަޅައި، ދެމެހެއްޓެނިވި ގޮތެއްގައި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދީގެން އަބުރުވެރި ރިޓަޔަރމަންޓެއް ކަށަވަރުކޮށްދިނުމެވެ.

-01.jpg&w=3840&q=75)
