logo
MPL

MPL

ޚަބަރު

އުމުރުން 65 އަހަރުން މަތީ މީހުންނަށްވެސް ޕެންޝަން ފައިސާއިން ޙައްޖަށް ދެވޭގޮތަށް ޢަމަލުކުރަން ފަށައިފި

އަޙުމަދު ރިޝާން
5 ނޮވެމްބަރު 2026 - 07:18
ދިވެހި ހައްޖުވެރިން އަރަފާތަށް ދިޔުމަށް ތައްޔާރުވަނީ، ފޮޓޯ: ހައްޖު މިޝަން
ދިވެހި ހައްޖުވެރިން އަރަފާތަށް ދިޔުމަށް ތައްޔާރުވަނީ، ފޮޓޯ: ހައްޖު މިޝަން

 ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނައި 6 ވަނަ އިސްލާޙުގެ ދަށުން، އުމުރުން 65 އަހަރުވުމުން ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް (އާތްއެސްއޭ) ގައި ހުންނަ ފައިސާ ޙައްޖަށް ދިއުމަށް ބޭނުންކުރުމަށް ހުރި ހުރަސްތައް ނައްތާލައި، އެކަމާގުޅޭ ޤަވާއިދަށް މިހާރު ވަނީ ރަސްމީކޮށް ޢަމަލުކުރަން ފަށައިފި އެވެ.

މި ގެނައި ބަދަލާއެކު، މީގެ ކުރިން އުމުރުން 65 އަހަރު ވުމުގެ ސަބަބުން ނުވަތަ ޖާގަ ކަށަވަރުވާއިރު އުމުރުން 65 އަހަރުވެފައިވާތީ ޙައްޖަށް ދިއުމުގެ ފުރުޞަތު ބަންދުވެފައި ތިބި ފަރާތްތަކަށް ވަނީ ބޮޑު ލުޔެއް ލިބިގެން ގޮސްފައެވެ. މި ސްކީމުގެ ދަށުން ޙައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމަށް ޝަރުތުހަމަވާނީ މީގެ ކުރިން ފަރުޟު ޙައްޖު އަދާކޮށްފައިނުވާ އަދި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި މަދުވެގެން 336،000 ރުފިޔާ (ތިންލައްކަ ތިރީސް ހަހާސް

Ad by Hajj Corporation

Ad by Hajj Corporation

) ހުންނަ މެންބަރުންނެވެ. އަދި ބޯހިޔާވަހިކަމުގެ ބޭނުމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާ މެންބަރެއްނަމަ، ޝަރުތުހަމަވާނީ އެ ޢަދަދު އުނިކުރުމަށްފަހުވެސް އެކައުންޓުގައި 336،000 ރުފިޔާ ހުންނަ ނަމައެވެ.

މި އުޞޫލުގެ ދަށުން ޙައްޖަށް ދާން އެދޭ މެންބަރުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ޙައްޖު ދަތުރުގެ އަގުގެ 20 އިންސައްތަ ދެއްކުމަށްފަހު ބާކީބައި ހަމަޖެއްސުމަށް ޕެންޝަން އޮފީހަށް ހުށަހެޅުމުން، ކަނޑައެޅިފައިވާ ތަރުތީބުން ޖާގަ ރިޒާވްކޮށްދެވޭނެއެވެ. ޖާގަ ރިޒާވްކުރިއަސް އެ ފައިސާ ވަގުތުން ޕެންޝަން އެކައުންޓުން އުންޏެއް ނުވާނެއެވެ. އަދި ޙައްޖު ކޯޕަރޭޝަނާ ފައިސާ ޙަވާލުކުރުމާ ހަމައަށް، އެ ފައިސާ ދާނީ އިންވެސްޓްކުރެވެމުން ކަމަށް ޕެންޝަން އޮފީހުން މަޢުލޫމާތު ދެއެވެ.

މީގެއިތުރުން، އެމްއާރްޕީއެސް އިން ޕެންޝަން ލިބެމުންދާ މެންބަރުންނަށް ނުވަތަ އަލަށް ރިޓަޔަރކުރާ މެންބަރުންނަށް ދެވޭ ޕެންޝަން ފައިސާ ހިސާބުކުރާއިރު، ޙައްޖަށް ރިޒާވްކުރާ ފައިސާގެ ޢަދަދެއް ނުހިމެނޭނެއެވެ. އެހެންކަމުން ޙައްޖު ބެނެފިޓުގެ ދަށުން ފައިސާ ބޭނުންކުރުމުން މަހުން މަހަށް ލިބޭ ޕެންޝަންގެ ޢަދަދަށް ބަދަލު އައުން އެކަށީގެންވެއެވެ. ނަމަވެސް، އެއްވެސް ސަބަބަކާހުރެ ޙައްޖު ރިޒަވޭޝަން ކެންސަލްވެ ނުވަތަ އެ ފައިސާ އަނބުރާ އެކައުންޓަށް ޖަމާވެއްޖެނަމަ، އެ ފައިސާ ހިމަނައިގެން ޕެންޝަން ފައިސާ އަލުން ހިސާބުކުރެވިގެންދާނެއެވެ. ޕެންޝަން އޮފީހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޕެންޝަން ފަންޑުން ޙައްޖުވުމުގެ ޝަރުތުހަމަވާ 23،000 އަށް ވުރެ ގިނަ ފަރާތްތައް ތިބިއިރު، މީގެ ތެރޭގައި އުމުރުން 65 އަހަރުން މަތީގެ 1،634 އަންހެނުންނާއި 3،846 ފިރިހެނުން ހިމެނެއެވެ.

 

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުމުރުން 65 އަހަރުން މަތީ މީހުންނަށްވެސް ޕެންޝަން ފައިސާއިން ޙައްޖަށް ދެވޭގޮތަށް ޢަމަލުކުރަން ފަށައިފިޚަބަރު | 27 މިނިޓު ކުރިންޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ޔަޒްމީދުޚަބަރު | 3 މަސް ކުރިން