މެސީގެ ޖާދުލާއެކު އިންޓަ މިއާމީ އިން ސަޕޯޓާސް ޝީލްޑް ކާމިޔާބުކޮށް، ކްލަބް ވޯލްޑް ކަޕަށް
ކެޕްޓަން ލިއޮނަލް މެސީ ސަޕޯޓާޒް ޝީޅްޑް އުފުލާލަނީ. ފޮޓޯ؛ ފަބްރީޒިއޯ ރޮމާނޯ/ ފޭސްބުކް
20 އޮކްޓޯބަރު 2024 - 04:06
މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި އެމްއެލްއެސް މުބާރާތުގައި ނިއު އިންގްލަންޑް ރެވޮލިއުޝަން އާދެކޮޅަށް ކުޅުނުމެޗުގައި މެޗުގައި އާޖެންޓީނާގެ ސްޓާ ކުޅުންތެރިޔާ ލިއޮނެލް މެސީގެ ހައިރާންކުރުވަނިވި ޕަފޯމަންސްއަކާއެކު އިންޓަރ މިއާމީ އިން ނިއު އިންގްލެންޑް ރެވޮލިއުޝަން އަތުން 6-2 އިން މޮޅުވެ، އެތައް ރެކޯޑެއް މުގުރާލައިފިއެވެ.
2021 ވަނަ އަހަރުގެ ސަޕޯޓާސް ލީގު ކާމިޔާބު ކުރި ނިއު އިންގްލަންޑް ރެވޮލިއުޝަން މި މެޗަށް ކުރިމަތިލިއިރު، އެ ޓީމް ވަނީ ލީގުގައި އެންމެފަހުން ކުޅުނު 3 މެޗުންވެސް ވަނީ ބަލިވެފައެވެ. މިއާމީގެ ސްޓޭޑިއަމް ފުލް ހައުސް އާއެކު މެޗުގެ ފުރަތަމަ ކޮޅު، މޮޅަށްކުޅެ ނިއު އިންގްލަންޑް ރެވޮލިއުޝަން 2 ގޯލްގެ ލީޑެއް ނަގާފައިވަނިކޮށް، އިންޓަ މިއާމީއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ އަނބުރާލާފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބެންޗުގައި އިން މެސީ ވަނީ، މެޗުގެ 58 ވަނަ މިނެޓުގައި ދަނޑަށް ކުޅެން ނިކުމެ އެންމެ 11 މިނެޓުގެ ތެރޭގައި ހެޓްރިކެއް ހަދައި، މެޗުގެ އޮއިވަރު ބަދަލުކޮށްލާފައެވެ. މީގެ އިތުރުން އުރުގުއޭގެ ސްޓްރައިކަރުު ލުއިސް ސުއާރެޒް ވެސް ދެ ގޯލު ޖަހައި، މެޗު ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކުރިއެވެ.
ގޯލް ޖެހުމަށްފަހު ކެޕްޓަން ލިޔޮނެލް މެސީ އުފާ ފާޅުކުރަނީ . ފޮޓޯ: ގެޓީ އިމޭޖަސް
މި މޮޅުވުމާއެކު އިންޓާ މިއާމީ އިން އެމްއެލްއެސް ގެ ރެގިއުލާ ސީޒަން 74 ޕޮއިންޓާއެކު ނިންމައި، 2021 ވަނަ އަހަރު ނިއު އިންގްލެންޑް ރެވޮލިއުޝަން އިން ހޯދި 73 ޕޮއިންޓުގެ ރެކޯޑު ބިންދައިލައިފިއެވެ.މި ސީޒަންގައި އެމްއެލްއެސް ގައި މެސީ ވަނީ 36 ގޯލު ސްކޯކޮށް އަދި އެސިސްޓް ދީފައެވެ. އަދި ސުއާރެޒް ވެސް 20 ގޯލާއި 9 އެސިސްޓް ދީފައިވެއެވެ. މި ކާމިޔާބީއާއެކު އިންޓަ މިއާމީ އިން އެމްއެލްއެސް ޕްލޭ އޮފްސްއަށް ކޮލިފައިވެ، އެމްއެލްއެސް ކަޕް ހޯދުމަށް ވާދަކުރާނެ ގަދަ ޓީމެއްގެ ގޮތުގައި ފާހަގަކުރެވިފައިވެއެވެ.
އަދި މި ކާމިޔާބަށްފަހު، ސަޕޯޓާޒް ޝީލްޑް ދިނުމަށް ބޭއްވި ހަރަކާތުގައި ފީފާގެ ރައީސް ވަނީ އިންޓަރ މިއާމީ ކްލަބް ވޯލްޑް ކަޕަށް ކޮލިފައިވީކަން ރަސްމީކޮށް އިޢުލާން ކޮށްފައެވެ. 2025 ވަނަ އަހަރުގެ ޖޫން އިން ޖުލައި އަށް އެމެރިކާގައި ކުރިޔަށްގެންދަން ނިންމާފައިވާ މި މުބާރާތުގައި ހޯސްޓް ނޭޝަން ރެފްރެޒެންޓް ކުރާނެ ޓީމެއްގެ ގޮތުގައި އަދި މުބާރާތް ހުޅުވާނެ މެޗް ކުޅޭ ޓީމުގެ ގޮތުގައި އިންޓަރ މިއާމީ ވެފައިވާކަންވެސް ވަނީ އިޢުލާން ކޮށްފައެވެ.