logo
Bank of Maldives

Bank of Maldives

ކުޅިވަރު

37 އަހަރުގައި ވެސް މެސީ ދެއްކީ ތަފާތު، މެޗު ނިންމާލީ ހެޓްރިކެއް ހަދައިގެން

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
16 އޮކްޓޯބަރު 2024 - 12:15
ލިއޮނަލް މެސީ ގޯލު ޖެހުމަށްފަހު އުފާ ފާޅު ކުރަނީ -- ފޮޓޯ/ ރޮއެޓާސް
ލިއޮނަލް މެސީ ގޯލު ޖެހުމަށްފަހު އުފާ ފާޅު ކުރަނީ -- ފޮޓޯ/ ރޮއެޓާސް

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ބޮލީވީއާ ދެކޮޅަށް ކުޅުނު މެޗުގައި، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހެޓްރިކެއް ހަދައިފިއެވެ.

ރޭ އާޖެންޓީނާއިން ބޮލީވިއާ އާ ދެކޮޅަށް ކުޅުނު މެޗުން އާޖެންޓީނާ މޮޅުވީ ހަ ލަނޑު، ސުން ލަނޑުންނެވެ. އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ވީ އާޖެންޓީނާގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމުގައި ގިނަ ފަރާތްތަކުން ގަބޫލުކުރާ ލިއޮނަލް މެސީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އެ މެޗުގެ އެންމެ ފުރަތަމަ ލަނޑު ވެސް މެޗުގެ 19 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެސީއެވެ. އޭގެ ފަހުން މެޗުގެ 43 ވަނަ މިނެޓުގައި އާޖެންޓީނާގެ ދެވަނަ ލަނޑު، ލައުޓާރޫ މާޓިނޭޒް ޖެހިއިރު، އާޖެންޓީނާގެ ތިން ވަނަ ލަނޑު ޖެހީ އަރަމުން އަންނަ ތަރި ހޫލިއަން އަލްވަރޭޒްއެވެ. އެ ދެ ލަނޑު ޖަހަން ފުރުސަތު ފަހިކޮށްދިނީ ވެސް މެސީއެވެ.

މެޗުގެ ދެވަނަ ހާފުގައި އާޖެންޓީނާއިން އެ ޓީމުގެ ފަހު ތިން ގޯލު ޖެހިއިރު، އެ ގޯލު ޖަހައިދިނީ ތިއާގޯ އަލްމާޑާއެވެ. އަދި ފަހު ދެ ލަނޑު މެސީ ޖެހިއިރު، އެ ލަނޑުތައް މެސީ ޖެހީ ދެ މިނެޓުގެ ތެރޭގައެވެ. އެއީ މެޗުގެ 84 ވަނަ މިނެޓާއި 86 ވަނަ މިނެޓުގައެވެ.

އެ ނަތީޖާއާ އެކު ކޮލިފައިންގެ އެމެރިކާ ސަރަހައްދުގެ އެއްވަނައިގައި އާޖެންޓީނާ އޮތީ 10 މެޗުން ލިބުނު 22 ޕޮއިންޓާއެކުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުޅި ދުނިޔެ އެ ކުޅިވަރަކަށް ލޯހުއްޓޭ ވޯލްޑްކަޕް މިރޭ ފަށަނީ، މިއީ ފަހުގެ ތާރީޚެއްގައި އުފެދުނު އެންމެ މޮޅު 3 ކުޅުންތެރިންގެ ފަހު ފެނިލުންކުޅިވަރު | 6 ދުވަސް ކުރިންރޮނާލްޑޯ އާއި މެސީގެ ކެރިއަރުގައި އަޅަން ޖެހިލުންވި ފިޔަވަޅު އުމުރުން އެންމެ 18 އަހަރުގައި އަޅައި ދުނިޔޭގެ ސަމާލުކަމަށްކުޅިވަރު | މަހެއް ކުރިންމެސީގެ މޮޅުކުޅުމާއެކު ޒެމްބިއާ ބަލިކޮށް، މިފަހަރުގެ ވޯލްޑްކަޕްގެ އަމާޒު ސީދާ ތަށި ދިފާއުކުރުމާއި ދިމާލަށްކުޅިވަރު | 3 މަސް ކުރިންއުތުރުއެމެރިކާ ޗެންޕިއަންސް ލީގުގެ ފުރަތަމަ ބުރުން މެސީގެ މަޔާމީ ކަޓައިފިކުޅިވަރު | 3 މަސް ކުރިން