logo
MPL

MPL

ޚަބަރު

ތަރައްޤީއާ ހަމަޖެހުން ހޯދުމަށް 2028 ރައީސް މުއިއްޒުއަށް ކާމިޔާބުކޮށްދެންޖެހޭ: ފިރުޒުލް

އައިޝަތު ނަޝާ
25 އޯގަސްޓު 2026 - 11:54
ޕީއެންސީގެ ތަރުޖަމާނު މުހައްމަދު ފިރްޒުލް އެމްއެމްޓީވީގެ ކޮންގެރެސް ފޯރީގައި ވާހަކަ ދައްކަވަނީ
ޕީއެންސީގެ ތަރުޖަމާނު މުހައްމަދު ފިރްޒުލް އެމްއެމްޓީވީގެ ކޮންގެރެސް ފޯރީގައި ވާހަކަ ދައްކަވަނީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ( ޕީއެންސީ) ދިވެހި ރައްޔިތުންނަށް ހަމަޖެހުމާއި ،ތަރައްޤީ އަދި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ޕާޓީއެއް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެ މި ހަމަޖެހޭ ސިޔާސަތުތައް ކުރިއަށް އޮތްތަނުގައި ވެސް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށްޓަކާ 2028 ވެސް އެމަނިކުފާނަށް ކަށަވަރުކޮށްދިނުމަށް ޕީއެންސީގެ ތަރުޖަމާނު މުހައްމަދު ފިރްޒުލް ވިދާޅުވެއްޖެ އެވެ.

އެމްއެމްޓީވީގެ ކޮންގެރެސް ފޯރީގައި ވާހަކަ ދައްކަވަމުން ފިރްޒުލް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ކަންކަން ނަގަހައްޓަމުން ދާ ގޮތަށް ބަލާ، ޕާޓީގެ އާންމު މެމްބަރުންވެސް ހަމަ ޔަގީނުންވެސް މިހާރު އެންމެ ބޮޑަށް ދެކެން ބޭނުންވާނެ އެއް ހުވަފެނަކީ އަދި އުންމީދަކީ 2028، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއަށް އަށް ކާމިޔާބު ވުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ޕާޓީއެއް ޑިފައިން ވެގެން އަންނަނީ ހަމައެކަނި ހޯދާ ސިޔާސީ ކާމިޔާބަކުން ނޫން. ނުވަތަ އެ ޕާޓީއެއްގެ ދޮށީކަމާ ހަގު ކަމަކުން ވެސް ނޫން. ޕާޓީއެއް ޑިފައިން ވެގެން އަންނަނީ ދިވެހި ރައްޔިތުންނަށްޓަކާ އެ ޕާޓީން ދެކޭ ތަސައްވުރާ، ހިފަހައްޓާ އުސޫލުތަކަށް. ހުރިހާ ދިވެހި ރައްޔިތުންވެސް ޤަބޫލުކުރައްވާނެ ޕީއެންސީ ސިޔާސީ ފިކުރެއް ގޮތުގައި ދެމި މި އޮންނަނީ ރައީސުލްޖުމްހޫރިއްޔާ ޑރ،މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް ހަމަޖެހުމާ ރައްކާތެރިކަން އަދި ތަރައްޤީ ހާސިލް ކަށަވަރުކޮށްދޭތީ" ފިރްޒުލް

ޕާޓީއެއްގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ ޕާޓިއެއްގެ އާންމު މެމްބަރުންކަން ފާހަގަ ކުރައްވަމުން ފިރްޒުލް ވިދާޅުވީ، އެ ބޭފުޅުންނަށް ކަންކަމުގެ ޝުއޫރު ފާޅުކުރުމުގެ ފުރުސަތު ދީ،ކަންކަމުގަ ބައިވެރިވުމަށް ހުޅުވާލާފައިވުމުގެ ނަތީޖާއަކީ އެބޭފުޅުންވެސް ކަންކަމުގައި އިސް ނަގާ ބައިވެރިވެ އުޅުމުގެ ޝައުގު އުފެދިފައިވާ މިންވަރު ކަމަށެވެ.

ވާހަކަ ނިންމަވާލައްވަމުން ފިރްޒުލް ވިދާޅުވީ، ކޮންގްރެސް ޕާޓިއަކީ އެ ޕާޓީގެ ޒާތުގައި އުމުރުން ހަގު ޕާޓިއެއް ކަމުގައި ވީނަމަވެސް ،މިފަހަރުގެ ކޮންގްރެސް އާ ހަމައަށް މި އަންނަނީ 4 އިންތިހާބެއްގެ ތަޖުރިބާ ތަކާއެކުކަމަށާއި، މިއިން ކޮންމެ އިންތިހާބެއްގައި ވެސް ވަރަށް ގިނަ ފިލާވަޅު ލިބުނު ކަމަށްށެވެ. އަދި ލިބުނު ކާމިޔާބީ އާ ނާކާމިޔާބީގެ އަލީގައި،ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް މުއިއްޒު އަށް ކާމިޔާބު ކޮށްދިނުމަށްޓަކާ ޕާޓީގެ މެމްބަރުން ގުޅިގެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން ކަމަުގައި އޭނާ ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަރައްޤީއާ ހަމަޖެހުން ހޯދުމަށް 2028 ރައީސް މުއިއްޒުއަށް ކާމިޔާބުކޮށްދެންޖެހޭ: ފިރުޒުލް ޚަބަރު | 2 ގަޑިއިރު ކުރިންކޮންގްރެސް ޕާޓީގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު މިރޭ؛ ރައީސް ބައިވެރިވެޑައިގަންނަވާނެ!ޚަބަރު | 8 މަސް ކުރިން