logo
MPL

MPL

ޚަބަރު

ކޮންގްރެސް ޕާޓީގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު މިރޭ؛ ރައީސް ބައިވެރިވެޑައިގަންނަވާނެ!

ޒިދާން މުޙައްމަދު
8 ޖެނުއަރީ 2026 - 12:15
ޕީއެންސީގެ މައި ޖަގަހަ -- ފޮޓޯ: ދިޔަރެސް
ޕީއެންސީގެ މައި ޖަގަހަ -- ފޮޓޯ: ދިޔަރެސް

ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)ގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު މިރޭ ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

ޕީއެންސީގެ އައު އޮފީސް ރަސްމީކޮށް ހުޅުވަނީ ކުރިންވެސް އެ ޕާޓީގެ އޮފީސް ހިންގި އިމާރާތުގައެވެ. އައު އޮފީސް ހުޅުވަނީ މަރާމާތުތަކަކަށް ފަހުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަލަށް ހުޅުވާ އޮފީސް ކުރީގެ އޮފީހަށްވުރު ބޮޑުވެ ޖާގަ ތަނަވަސްވާނެއެވެ.

ކޮންރެސް ޕާޓީގެ އޮފީސް ރަސްމީކޮށް މިރޭ ހުޅުވުމަށް ހަމަޖެހިފައިވާއިރު އެ އޮފީސް ހުޅުވުމުގެ ހަފްލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ އެމަނިކުފާނެވެ.

މި ހަފްލާގައި އެ ޕާޓީގެ އިސްވެރިންނާއި އެ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޕީއެންސީން ވަނީ އެ ޕާޓީގެ މެމްބަރުންނާއި ޕާޓީއަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކަށް އޮފީސް ހުޅުވުމުގެ ރަސްމިއްޔާތަށް ދައުވަތުވެސް ދީފައެވެ. ޕީއެންސީ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ 8:30 ގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ ޕާޓީގެ އޮފީސް ހިންގާ އިމާރާތުއެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ވައްޓާލުމަށްފަހު، ޕީއެންސީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ މެމްބަރުން ގިނަ ޕާޓީއެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަނުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ޕާޓީގެ ދަފްތަރުގައި މި ވަގުތު 74،048 މީހުން ވަނީ ރަޖިސްޓްރީވެފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފިޚަބަރު | 2 ގަޑިއިރު ކުރިންތަރައްޤީއާ ހަމަޖެހުން ހޯދުމަށް 2028 ރައީސް މުއިއްޒުއަށް ކާމިޔާބުކޮށްދެންޖެހޭ: ފިރުޒުލް ޚަބަރު | 4 ގަޑިއިރު ކުރިންމި ސަރުކާރުން ފެށި ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމުގެ ދަތުރު މާލީ ހަމަޖެހުމާއި، ޑިޖިޓަލް އަދި ފެހި އިޤްތިޞާދަކަށްރިޕޯޓް | 6 ގަޑިއިރު ކުރިން'ރާއްޖޭގެ ޖީޑީޕީގެ %15 ޑިޖިޓަލް އިގްތިސޯދު ހިއްސާކުރާ މިންވަރަކަށް ހެދުމަކީ 2030 އަށް ކަނޑައަޅާފައިވާ އަމާޒެއް: ރައީސްޚަބަރު | 2 ދުވަސް ކުރިން