އިނގިރޭސި ވިލާތު ސަފީރު ކަމަށް ޖަމީލާ އަޔަން ކުރަން ފާސްކޮށްފި
26 އޯގަސްޓު 2026 - 12:28

ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާ އާ ސަފީރަކަށް ޖަމީލާ އަލީ ހާލިދު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވި މި މައްސަލަ ދިރާސާކުރުމަށްޓަކައި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވުމުން، އެ ކޮމިޓީން ވަނީ އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް ނިންމާފައެވެ. ޖަމީލާ އަށް ރުހުންދިނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުންނެވެ.

Ad by Hajj Corporation
އިނގިރޭސިވިލާތުގެ ސަފީރުކަން ހުސްވީ، ކުރިން ސަފީރެއްގެ ގޮތުން ހުންނެވި އިރުތިޝާމް އާދަމް، ހާރިޖީ ވަޒީރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
ޖަމީލާ އަކީ ހާރިޖީ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ކަނބަލެކެވެ. އެގޮތުން ޖަމީލާ ވަނީ މީގެ ކުރިން ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމު އިތުރުން ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަންވެސް ކުރައްވާފައެވެ.

-01.jpg&w=3840&q=75)
