އިންޖިނޭރުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަނީ
27 އޯގަސްޓު 2026 - 12:51

މި އަހަރުގެ އިންޖިނޭރުންގެ ދުވަސް (އޮގަސްޓު 30) ފާހަގަކުރުމުގެ ގޮތުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ މިނިސްޓްރީން އިންތިޒާމުކޮށްގެން ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފި އެވެ.

Ad by Hajj Corporation
އެގޮތުން މައިގަނޑު ތިން ހަރަކާތެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.އެންމެ ފުރަތަމަ ހަރަކާތަކީ އިންޖިނިއަރިން ދާއިރާއަށް ހިދުމަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ބާއްވާ އިންޖިނިއަރސް އެވޯޑު ދިނުމުގެ ރަސްމިއްޔާތެވެ. މި ހަފްލާ އޮންނާނީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ކަމަށާއި، މި ރަސްމިއްޔާތުގައި އިންޖިނިއަރިން ދާއިރާގެ 10 ގިންތިއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ދެވަނަ ކަމަކަށް، ޒުވާން ޖީލުގެ މެދުގައި އިންޖިނިއަރިން ދާއިރާއަށް ހުރި ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ހަވީރު އޮންނާނީ މި އަންނަ ހޮނިހިރު ދުވަހުގެ 16:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ހަވީރުގައި އެމްއެންޑީއެފް، އެމްޓީސީސީ، އެޗްޑީސީ، ސްޓެލްކޯ އަދި ފެނަކަފަދަ ދައުލަތުގެ މުހިންމު މުއައްސަސާތަކާއި ކުންފުނިތަކުގެ ހާއްސަ ސްޓޯލްތައް ފެނިގެންދާނެއެވެ. އަދި މި ސްޓޯލްތަކުން އިންޖިނިއަރިންއާ ގުޅުންހުރި ތަފާތު އިލްމީ އަދި މަޖާ ހަރަކާތްތައް އަމަލީގޮތުން ތަޖުރިބާކޮށްލެވޭނެއެވެ.
ތިންވަނަ ހަރަކާތެއްގެ ގޮތުން، ސްކޫލް ދަރިވަރުންނަށް އިންޖިނިއަރިން ދާއިރާއަށް އަހުލުވެރިކުރުވުމަށް ސައިޓް ވިޒިޓްތަކެއް ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ވަނީ ރާވާފައެވެ. ރާއްޖޭގެ އެކި އަތޮޅުތަކުގެ މަދުވެގެން ދެ ރަށެއްގެ މަޝްރޫއުތަކާއި އިންޖީނުގެތަކަށް މި ވިޒިޓްތައް އިންތިޒާމުކޮށްފައިވާއިރު، މާލޭގައި ކުރިއަށްދާ މަޝްރޫއުތަކުގެ ތެރެއިން ތިލަމާލެ ބްރިޖަށްވެސް ދަރިވަރުން ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތަކުގައި އިންޖިނިއަރުން އޮން-ސައިޓްގައި ކުރާ މަސައްކަތްތަކާއި އެ މީހުންގެ ދައުރު ދަރިވަރުންނަށް ކިޔައިދެވޭނެއެވެ.

-01.jpg&w=3840&q=75)
