logo
MPL

MPL

ޚަބަރު

ހުޅުމާލެ ފޭސް 2 ގެ ހުރިހާ ގޯއްޗެއް އޮކްޓޫބަރުގައި ހަވާލުކުރެވޭނެ

މެންދުރު ޓީމް
12 އޯގަސްޓު 2024 - 06:36
ހުޅުމާލެ ފޭސް 2 ގެ ހުރިހާ ގޯއްޗެއް އޮކްޓޫބަރުގައި ހަވާލުކުރެވޭނެ

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައިވަނީ، ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް 2 އިން ދޫކުރި ހުރިހާ ގޯއްޗެއް އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ވެރިފަރާތްތަކާ ހަވާލުކޮށް ނިމޭނެ ކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، ހުޅުމާލެ ފޭސް 2 އިން ދޫކޮށްފައިވާ 1،407 ބިމުގެ ތެރެއިން މިހާތަނަށް 623 ބިމެއް ވަނީ ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އޮކްޓޫބަރު މަހުގެ ނިޔަލަށް ބާކީ ހުރި ހުރިހާ ގޯއްޗެއް ހަވާލުކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް، ކުރީގެ ސަރުކާރުން ބިންތައް ދޫކޮށްފައިވާ ގޮތާމެދު މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވިގޮތުގައި، ބައެއް ބިންތައް ދޫކޮށްފައިވަނީ މަގުތަކަށް އަރާ ގޮތަށާއި، އަދި ކަނޑުންނާއި ފަޅުން ވެސް ގޯތިތައް ދީފައިވާ ކަމަށެވެ.

"ކަނޑުންނާއި ފަޅުން ދީފައި ހުންނަ ތަންތަނަކީ ގޯތި ނޫން. މި ސަރުކާރުން މިހާރު ޖެހޭނީ މި ތަންތަން ގޯއްޗަށް ބަދަލުކުރަން. އެހެންވީމާ، ބިން ހިއްކައިގެން ގޯތިތަކަށް ބަދަލުކުރާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން، ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރު ފަޅުން 5،186 މީހުންނަށް ގޯތި ދީފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެ ތަން ހިއްކުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު، އެއްވެސް މީހަކު އުނި ނުވާނެ ގޮތަށް އެ ތަނުން ބިން ލިބުނު މީހުންނަށް ހަވާލުކުރައްވާނެ ކަމަށް ހައިދަރު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޖިނޭރުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަނީޚަބަރު | 33 މިނިޓު ކުރިންހުޅުމާލެ ފޭސް 2 ގެ ހުރިހާ ގޯއްޗެއް އޮކްޓޫބަރުގައި ހަވާލުކުރެވޭނެޚަބަރު | 2 އަހަރު ކުރިން