logo
MPL

MPL

ޚަބަރު

ގައުމުތަކުގެ ސުލްހައާއި އަމާންކަން ގާއިމުކުރުމުގައި ގާނޫނުހަދާ މަޖިލީހުން މުހިންމު ދައުރެއް އަދާކުރޭ: އަބްދުއްރަހީމް

އަޙުމަދު ރިޝާން
27 އޯގަސްޓު 2026 - 13:06
ގައުމުތަކުގެ ސުލްހައާއި އަމާންކަން ގާއިމުކުރުމުގައި ގާނޫނުހަދާ މަޖިލީހުން މުހިންމު ދައުރެއް އަދާކުރޭ: އަބްދުއްރަހީމް

ގައުމުތަކުގެ ސުލްހައާއި އަމާންކަން ގާއިމުކުރުމުގައި ގާނޫނުހަދާ މަޖިލީހުން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ ކެމްބޯޑިއާގެ ނޮމް ޕެންގައި ކުރިއަށްދާ ދެވަނަ އިންޓަރ-ޕާލަމެންޓަރީ ސްޕީކަރސް ކޮންފަރެންސްގެ އާންމު ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދުނިޔޭގެ ސުލްހައާއި ތަނަވަސްކަން ގެނައުމަށްޓަކައި ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި ގުޅުން ބަދަހިކުރުން މުހިންމުކަން ފާހަގަކުރައްވަމުން، ޕާލިމެންޓަރީ ޑިޕްލޮމަސީގެ ސަބަބުން ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމަށް ފުރުޞަތު ލިބިގެންދާކަމަށް ވިދާޅުވިއެވެ. ހަނގުރާމައާއި އަނިޔާވެރިކަމުގެ ބަދަލުގައި އަބަދުވެސް އިސްކުރަންވާނީ މަޝްވަރާއާއި އެއްބާރުލުން ދިނުން ކަމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

އދ. ގެ ޗާޓަރާއި ބައިނަލްއަޤްވާމީ ގާނޫނުތަކަކީ ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް އޮތް އެންމެ މުހިންމު އަސާސްކަމަށް ވިދާޅުވިއެވެ. އަދި ކެމްބޯޑިއާގެ ތަޖުރިބާއަށް އަލިއަޅުއްވާލައްވަމުން، ކިތަންމެ ބޮޑު ޚިޔާލުތަފާތުވުމެއް އޮތް ނަމަވެސް ލީޑަރޝިޕާއި ޢަޒުމާއެކު ސުލްހަ ޤާއިމުކުރެވޭނެކަން ފާހަގަކުރެއްވިއެވެ.

ތިމާވެށީގެ މައްސަލަތަކާއި ސުލްހައާ ހުރި ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން، އަބްދުއްރަހީމް ވިދާޅުވީ މޫސުމީ ކާރިސާތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ޤައުމުތަކުގެ ސަލާމަތަށް ނުރައްކާވެ ހަމަނުޖެހުންތަކަށް މަގުފަހިވެގެންދާނެ ކަމަށެވެ. އެހެންކަމުން، ކަނޑުގެ މާހައުލު ރައްކާތެރިކޮށް ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަގްވާމީ ބައިވެރިންނާއެކު ދިވެހިރާއްޖެއިން މަސައްކަތްކުރަމުންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު އެރުވިއެވެ.

މީގެއިތުރުން، މެދުއިރުމަތީގެ މަސްރަޙުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ހުރިހާ ފަރާތްތަކަކުން ވެސް ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލެއްވިއެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމުތަކުގެ ސުލްހައާއި އަމާންކަން ގާއިމުކުރުމުގައި ގާނޫނުހަދާ މަޖިލީހުން މުހިންމު ދައުރެއް އަދާކުރޭ: އަބްދުއްރަހީމްޚަބަރު | ގަޑިއިރެއް ކުރިންގައުމީ ދުވަސް ފާހަގަ ކުރުމުގައި އެންމެ މުހިއްމީ މުހައްމަދު ތަކުރުފާނުގެ ހަޔާތްޕުޅުން އިބުރަތް ހާސިލްކުރުން: އަބްދުއްރަހީމްޚަބަރު | 11 ދުވަސް ކުރިން