logo
MPL

MPL

ޚަބަރު

އިންޖިނިއަރިންގް ދާއިރާގެ ތަހުލީލުތައްކުރެވޭ ގޮތަށް އިމާރާތެއް އަޅާނަން: ރައީސް

އަޙުމަދު ރިޝާން
30 އޯގަސްޓު 2026 - 07:19
އިންޖިނިއަރިންގް ދާއިރާގެ ތަހުލީލުތައްކުރެވޭ ގޮތަށް އިމާރާތެއް އަޅާނަން: ރައީސް

އިންޖިނިއަރިންގް ދާއިރާގެ ތަހުލީލުތައްކުރެވޭ ގޮތަށް އިމާރާތެއް އަޅުއްވާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންޖިނިއެރިންގ ދުވަހު ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ އެ އިމާރާތުގެ ލެބޯޓްރީގައި އިންޖިނިއަރިންގް ދާއިރާގެ އެކިކަހަލަ ތަހުލީލުތައް ކުރެވޭނެ ނިޒާމު އެކުލެވިގެންވާނެ ކަމަށެވެ. އެގޮތުން އިންޖިނިއަރިންގް ދާއިރާގައި ކިޔަވާ ކުދިންނާއި، ރާއްޖޭއިން ބޭރުން އަންނަ ފަރާތްތަކަށް ވެސް ތަހުލީލު ނިޒާމު އެތަނގާ އެކުލެވިގެންވާނެ ކަމަށް ވެސް ރައީސް ސިފަކުރެއްވެވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ އެކަން ކުރިޔަށް ގެންދާނީ ސަރުކާރު ބަޖެޓަށް ބުރަނުވާނެހެން ދެމެހެއްޓެނިވި ގޮތަކަށް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އިންޖިނެއަރިންގް ދާއިރާއިން ރާއްޖެ އަށް މަތީފެންވަރަކަށް ދެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ރާއްޖޭގެ ތަރައްގީއާ އެކިކަންކަމުގައި އިންޖިނެރިންގް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތައް ކުރައްވަމުން ގެންދަވަނީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި މި ދާއިރާ އަށް ކިޔަވައިން ނުކަން މީހުންގެ އަދަދު ގިނަ ކުރަންޖެހޭ ކަމަށެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޖިނިއަރިންގް ދާއިރާގެ ތަހުލީލުތައްކުރެވޭ ގޮތަށް އިމާރާތެއް އަޅާނަން: ރައީސްޚަބަރު | 28 މިނިޓު ކުރިންރައީސުލްޖުމްހޫރިއްޔާ ޗައިނާ މޯލްޑިވްސް އެވަރލާސްޓިންގ ފްރެންޑްޝިޕް ޕާރކަށް ޒިޔާރަތްކުރައްވައިފިޚަބަރު | 2 ގަޑިއިރު ކުރިންޑޮލަރު ފިޔަވަޅުތައް: ދިރާސާތަކާއި ޙަޤީޤަތުގެ މައްޗަށް ބިނާވެފައިވާ މުޅި އިގްތިސާދަށް ދުޅަހެޔޮކަން ލިބޭނެ ސިޔާސަތުތަކެއްރިޕޯޓް | 2 ދުވަސް ކުރިން ސިޔާސީ އޮއިވަރާ އެކު ދިވެހިންގެ އިޖުތިމާއީ ފޭރާން މިހާރު އޮތީ ހަލާކުވެފައި: ރައީސްޚަބަރު | 2 ދުވަސް ކުރިން