logo
MPL

MPL

ޚަބަރު

ސިޔާސީ އޮއިވަރާ އެކު ދިވެހިންގެ އިޖުތިމާއީ ފޭރާން މިހާރު އޮތީ ހަލާކުވެފައި: ރައީސް

އައިޝަތު ނަޝާ
28 އޯގަސްޓު 2026 - 08:29
 ސިޔާސީ އޮއިވަރާ އެކު ދިވެހިންގެ އިޖުތިމާއީ ފޭރާން މިހާރު އޮތީ ހަލާކުވެފައި: ރައީސް

ދިވެހިންގެ އިޖުތިމާއީ ފޭރާން މިހާރު އޮތީ ހަލާކުވެފައިކަމަށާ،އެކަން ބަދަލުވީ ރާއްޖެއަށް އައި ސިޔާސީ އޮއިވަރާ އެކުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މއުއިްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ،ދިވެހިންގެ އިޖުތިމާއީ ފޭރާން މިހާރު އޮތީ ހަލާކުވެފައިކަމަށާ، އެއީ ހިތާމަކުރަންޖެހޭކަމެއްކަމަށްށެވެ.ނަމަވެސް އެންމެން އެއް ނިޔަތެއްގައި ޤައުމު އިސްލާޙުކުރަން މަސައްކަތްކޮށްފިނަމަ އެކަން ޚާސިލްކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިން ދިވެހިންނަކީ މީހުންނަށް ކަމޭހިތާ ބައެއްކަމަށާއި، ރާއްޖެއަކީ އޯގާތެރި މުޖުތަމަޢުއެއް އޮތް ޤައުމެއްކަމަށް ރައީސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖެއަކީ ކުޑަ މުޖުތަމަޢުއެއް އޮތް ޤައުމަކަށްވުމާއެކު، އެކަކު އަނެކަކަށް އިޚްތިރާމްކުރުމުގެ އާދަ ދިވެހިންގެ ކިބައިގައި އަށަގެންނެވުމަކީ މުހިންމުކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ޤައުމު ޤައުމެއްގެ ގޮތުގައި ކުރިއަށްގެންދަންޏާ އަޅުގަނޑުމެންގެ ޤައުމު މި ހިސާބަށް ބޮޑެތި ޖިހާދުތައް ކޮށްގެން ސަލާމަތްކޮށްދެއްވި ބޭފުޅުން ދެއްކެވި މިސާލާ، އެ ބޭފުޅުން މި ޤައުމު ބައްޓަންކުރެއްވި ގޮތާ، މި ޤައުމު މިއަދާއި ހިސާބަށް ގެނެސްދިނުން ދިނުން އަޅުގަނޑުމެންގެ ޒިނާމްއެއްގެ ގޮތުގައި ބަލަންވާނެ." ރައީސް ޑރ.މުޙައްމަދު މުޢިއްޒު

ރާއްޖޭގެ އަސްލާއި، ދިވެހި ޤައުމުގެ ބަހާތައް ފުނޑުފުނޑުވެ ވީރާނާވާގޮތަށް ކަންކަމަކީ ޤައުމާ ދެކޮޅަށް ކުރެވޭކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ކަންކަމާމެދު ޚިޔާލުތަފާތުވި ނަމަވެސް، އެފަދަ ޚިޔާލުތައް ޤައުމަށް ވުރެ އިސްކޮށްގެން ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ސިޔާސީ ބޭނުމެއްގައި އަމިއްލަ އެޖެންޑާއެއް ކުރިއަށްގެންދިއުން. ހަމަ ޤައުމާ ދެކޮޅުވުން. ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ. އިޤްތިޞާދީގޮތުންވެސް ޤައުމާދެކޮޅު ވާހަކަދެއްކިދާނެ." ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ

ޤައުމަށް ފައިދާވާނެ ކަންކަމަށް ހުރަސް އެޅޭގޮތަށް ވާހަކަދެއްކުމަކީ ޤައުމާ ދެކޮޅުވުންކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ހަލާކުރުމަށާއި، މަސްވެރިކަން ހަލާކުރުމަށް ކުރާ ކަންކަމަކީ ޤައުމާ ދެކޮޅު ކަންކަމުގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ. އެއީ ރާވައިގެން ޤައުމުގެ އިޖްތިމާޢީ ފޭރާން ހަލާކުކޮށްލުންކަމަށް ރައީސް ވިދާޅުވިއެވެ.

ޤައުމީ ދުވަހުގެ ތަޤުރީރުގައި ރައީސް ވަނީ އިސްލާމްދީނާ ފުށުއަރާ އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ، ހަރުދަނާ ބަދަހި ނިޒާމެއް ޤާއިމްކުރުމަށް މަސައްކަތްކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ. އެކަމުގެ ތަފްސީލްތައް ޙިއްސާކުރައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އަމާޒަކީ ރަނގަޅު ޗެކްއެންޑް ބެލެންސް ނިޒާމެއް ޤާއިމްކުރެއްވުންކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑޮލަރު ފިޔަވަޅުތައް: ދިރާސާތަކާއި ޙަޤީޤަތުގެ މައްޗަށް ބިނާވެފައިވާ މުޅި އިގްތިސާދަށް ދުޅަހެޔޮކަން ލިބޭނެ ސިޔާސަތުތަކެއްރިޕޯޓް | ގަޑިއިރެއް ކުރިން ސިޔާސީ އޮއިވަރާ އެކު ދިވެހިންގެ އިޖުތިމާއީ ފޭރާން މިހާރު އޮތީ ހަލާކުވެފައި: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންރައްޔިތުންގެ އަޑުގައި ބައިވެރިވުމަށް އިތުރު އަށް ދާއިރާ އަކުން ފުރުސަތު ހުޅުވާލައިފިޚަބަރު | ދުވަހެއް ކުރިންޑޮލަރުގެ ސިޔާސަތުތައް ބައްޓަންކުރަނީ ފެކްޓް ބޭސްޑްކޮށް، ދިރާސާތަކަށްފަހު: ރައީސްޚަބަރު | 2 ދުވަސް ކުރިން