ރައްޔިތުންގެ އަޑުގައި ބައިވެރިވުމަށް އިތުރު އަށް ދާއިރާ އަކުން ފުރުސަތު ހުޅުވާލައިފި
27 އޯގަސްޓު 2026 - 07:15

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށް ގެންދަވާ "ރައްޔިތުންގެ އަޑު" ސިލްސިލާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް އިތުރު 8 ދާއިރާއަކުން ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިފަހަރު ފުރުސަތު ހުޅުވާލާފައިވަނީ ހެންވޭރު އުތުރު ދާއިރާ، މިލަންދޫ ދާއިރާ، ވެލިދޫ ދާއިރާ، ތުޅާދޫ ދާއިރާ، ފެލިދޫ ދާއިރާ، މުލަކު ދާއިރާ، ނިލަންދޫ ދާއިރާ، އަދި ގުރައިދޫ ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ރައީސް އޮފީހުގެ ވެބްސައިޓުގައި މިކަމަށް ހާއްސަ ކޮށްފައިވާ ޕޯޓަލް (rayyithungeadu.presidency.gov.mv) މެދުވެރިކޮށް، އަންނަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ރޭ 12:00 ގެ ކުރިން ނަން ނޯޓުކުރެއްވުމަށް ވަނީ އެދިފަ އެވެ.

Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ވީހާވެސް ފުޅާދާއިރާއެއްގައި އެ ފުރުސަތު ދެއްވުމަށް ފެށި މި ސިލްސިލާގެ އުސޫލުގައިވާ ގޮތުން، ބައްދަލުވުމަށް އެދޭ މީހުންގެ އަދަދަށާއި ކަނޑައެޅިފައިވާ ވަގުތަށާއި އިދާރީ އިންތިޒާމުތަކަށް ބަލައިގެން ފުރުސަތު ދެވޭނެއެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވާ ފަރާތްތަކަށް އަމިއްލަ ވާހަކައާއި، ނިސްބަތްވާ އިދާރާއާ ގުޅުންހުރި ކަންކަމުގެ އިތުރުން މުޅި ރައްޔިތުންގެ މަސްލަހަތު އެކުލެވޭ ކަންކަމުގެ ވާހަކަވެސް ދެއްކޭނެއެވެ.
އަދި މި ބައްދަލުވުމަށް ހާޒިރުވާ ފަރާތާއެކު އަނބިމީހާ ނުވަތަ ފިރިމީހާ، އެއް ދަރި އަދި މަންމަ ނުވަތަ ބައްޕަ ގެންދެވޭނެ ކަމަށާއި، ކޮންމެ މީހަކަށްވެސް ވާހަކަ ދެއްކުމަށް 10 މިނިޓުގެ ވަގުތެއް ލިބޭނެ ކަމަށް އުސޫލުގައިވެއެވެ. މީގެކުރިންވެސް މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވުމަށް އެހެން ބައެއް ދާއިރާތަކަށް ވަނީ ހުޅުވާލާފަ އެވެ.

-01.jpg&w=3840&q=75)
