logo
MPL

MPL

ޚަބަރު

އެކްސިޑެންޓުގައި ނިޔާވި ކުއްޖާގެ ކަށުނަމާދު މެންދުރު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައި

އަޙުމަދު ރިޝާން
1 ސެޕްޓެމްބަރު 2026 - 04:20
އެކްސިޑެންޓުގައި ނިޔާވި ކުއްޖާގެ ކަށުނަމާދު މެންދުރު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، ސީރިއަސް އަނިޔާތަކެއް ލިބިގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުން ފަރުވާދެމުންދިޔަ އުމުރުން 9 އަހަރުގެ އަންހެން ކުއްޖާ ރޭ ފަތިހުގެ ވަގުތެއްގައި ނިޔާވެއްޖެ އެވެ.

ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް ތިނެއްގައި ތައުލީމު ހާސިލުކުރަމުންދިޔަ އެކުއްޖާ ނިޔާވީ ހޮނިހިރު ދުވަހުގެ ރޭ ނުވައެއް ޖަހާކަންހާއިރު ހިނގި އެ އެކްސިޑެންޓަށް ފަހު ހުޅުމާލެ ހޮސްޕިޓަލަށާއި، އަދި އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކޮށް، ފަރުވާ ދެމުންދަނިކޮށެވެ. ކަށުނަމާދު ކުރުމަށް ނިންމާފައި ވަނީ މިއަދު މެންދުރު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުޅުމާލޭ ހިތިގަސްމަގުން ދުއްވާފައިދިޔަ ސައިކަލެއް ވިނަރެސް 7 ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި، ސައިކަލު ކޮންޓްރޯލްއިން ނެއްޓިގެން ހިނގި މި ހާދިސާގައި، ސައިކަލު ދުއްވަން އިން 18 އަހަރުގެ އަންހެން މީހާއަށްވެސް އަނިޔާވެގެން ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފައެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އަންނަނީ އިތުރަށް މައްސަލަ ތަހުގީގުކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެކްސިޑެންޓުގައި ނިޔާވި ކުއްޖާގެ ކަށުނަމާދު މެންދުރު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައިޚަބަރު | ގަޑިއިރެއް ކުރިންހައިވޭގައި ކާރެއް ފުރޮޅާލައި ދެ މީހަކަށް އަނިޔާވެގެން ފަރުވާދެނީޚަބަރު | 11 ދުވަސް ކުރިންމިދިޔަ އަހަރަށް ވުރެ މިއަހަރު ހިނގި އެކްސިޑެންޓްތަކުގެ އަދަދު 7 އިންސައްތަ އިތުރު ވެއްޖެޚަބަރު | 2 މަސް ކުރިންހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެނީޚަބަރު | 3 މަސް ކުރިން