ކުންފުނީގެ ޤާނޫނުގެ ދަށުން 28 ކުންފުންޏެއް އުވާލައިފި
4 ސެޕްޓެމްބަރު 2026 - 08:09

ކުންފުނީގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން 28 ކުންފުންޏެއް އުވާލައިފައިވާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ހާމަކޮށްފިއެވެ.
މި ކުންފުނިތައް އުވާލާފައިވަނީ ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނުގެ) 246 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު 2025/R-83 (ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) ގެ (3) ވަނަނަންބަރުގެ ދަށުން، ކުންފުނި އުވައިލުމަށް ރަޖިސްޓްރާރ ކަނޑައަޅާފައިވާ އިޖުރާއާތުތައް ބަޔާންކުރުމުގެ ގަވާއިދު) ގައިވާ އެންމެހައި ކަންކަން ފުރިހަމަކުރުމަށްފަހު އެވެ.

Ad by Hajj Corporation
މި އިޖުރާއާތުތައް ފުރިހަމަކުރުމަށްފަހު އުވާލެވުނު 28 ކުންފުނީގެ ތަފްޞީލު ހިމެނޭ ލިސްޓު މިހާރު ވަނީ އެ މިނިސްޓްރީގެ ރަސްމީ ވެބްސައިޓް (https://trade.gov.mv/28145) ގައި ޝާއިޢުކުރައްވާފައެވެ.
މީގެއިތުރުން، މި ނިންމުމާ ގުޅިގެން ނުވަތަ އިޢުލާނާ ގުޅިގެން އެއްވެސް އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މިނިސްޓްރީގެ އީމެއިލް business@1500help.mv މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.
މިއީ ދިވެހި ވިޔަފާރިވެރިން ބާރުވެރިކުރުވައި، 2040 އާ ހަމައަށް ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި އިޤުތިޞާދެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.

-01.jpg&w=3840&q=75)
