logo
MPL

MPL

ކުޅިވަރު

އިސާކްގެ ދެ ލަނޑާއެކު ލިވަޕޫލުން ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި

އަބްދުﷲ ޣާނިމް
4 ސެޕްޓެމްބަރު 2026 - 21:13
އިސާކްގެ ދެ ލަނޑާއެކު ލިވަޕޫލުން ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި

އިޕްސްވިޗްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދައި، ލިވަޕޫލްގެ އައު ކޯޗު އަންޑޯނީ އިރައޯލާ އެ ޓީމަށް ކޯޗުކަން ކޮށްދިން ތިންވަނަ މެޗުގައި ފުރަތަމަ މޮޅު ހޯދައިދީފިއެވެ. މި މެޗުގައި ލިވަޕޫލަށް ކާމިޔާބީ ހޯދައިދިނީ އެލެގްޒެންޑަރ އީސާކް ޖަހައިދިން ދެ ލަނޑުންނެވެ.

އިރައޯލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ދެ މެޗު އެއްވަރުވެފައި އޮތުމުން، 2023 ވަނަ އަހަރު ބޯންމަތުގައި އޭނާގެ ފުރަތަމަ ޕްރިމިއަރ ލީގު މޮޅު ހޯދުމަށް 10 މެޗު ނެގި ހަނދާންތައް ވަނީ އައުވެގެން ގޮސްފައެވެ. ނަމަވެސް، ޕޯޓްމަން ރޯޑްގައި ކުޅުނު މި މެޗުގެ ހަވަނަ މިނެޓުގައި އީސާކް ލަނޑެއް ޖަހައި ލީޑު ނެގިއިރު، އޭގެ ތިން މިނެޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މި ދެ ލަނޑު ޖެހުމުގައިވެސް އެހީތެރިވެދިނީ ކޯޑީ ގަކްޕޯއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަލަށް ޕްރޮމޯޓްވި އިޕްސްވިޗުން މެޗުގެ ތެރެއަށް އެނބުރި އައުމަށް މަސައްކަތް ކުރި ނަމަވެސް، ލިވަޕޫލުން ވަނީ މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ. ދެވަނަ ހާފުގައި އިރައޯލާ ވަނީ 123 މިލިއަން ޕައުންޑަށް ގެނައި ފޯވާޑް ބްރެޑްލީ ބާކޯލާ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރުވައި، އޭނާއަށް ލިވަޕޫލްގެ ފުރަތަމަ މެޗު ކުޅުމުގެ ފުރުސަތު ދީފައެވެ.

މި މޮޅާއެކު ކުޅުނު ތިން މެޗުން ފަސް ޕޮއިންޓް ހޯދައިގެން ލިވަޕޫލް އޮތްއިރު، އަންނަ ބުދަ ދުވަހު ޗެމްޕިއަންސް ލީގުގައި އެޓީމު އަމިއްލަ ދަނޑުގައި ނުކުންނާނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. މިއީ އިޕްސްވިޗް ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވީނަމަވެސް، ފުރަތަމަ ކޮޅުގައި ދިމާވި މައްސަލަތަކަށްފަހު ގެރީ އޯނީލްގެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އަދި އަންނަ ހަފްތާގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް އެޓީމުން އަމާޒު ހިފާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސާކްގެ ދެ ލަނޑާއެކު ލިވަޕޫލުން ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފިކުޅިވަރު | ގަޑިއިރެއް ކުރިންއިސްރާއީލުގެ ފާދިރީންނަށްވެސް ސަލާމަތް ނުކުރެވުނު ބާސެލޯނާގެ ކުނިކޮތަޅު ލިވަޕޫލަށްކުޅިވަރު | މަހެއް ކުރިންލިވަޕޫލުގެ ލެޖެންޑް މުޙައްމަދު ސަލާޙު ތުރުކިޔޭގެ ޓްރަބްޒޮންސްޕޯއަށްކުޅިވަރު | މަހެއް ކުރިންލިވަޕޫލަށް ދޯކާދިނުމަށްފަހު ޔާން ދިއޮމާންޑޭ ޕީއެސްޖީއަށް ގުޅެން ނިންމައިފިކުޅިވަރު | 2 މަސް ކުރިން