logoEN
ޚަބަރު

ކައުންސިލިންގ ސެޝަންތައް ނަގައިދޭން އެކަށީގެން ވާ ވަރަށް ކައުންސިލަރުން ނެތް - އެން.ޑީ.އޭ

އެންޑީއޭގެ އެކްޓިންގ ސީއީއޯ މުހައްމަދު ރާޝިދު- ފޮޓޯ އެންޑީއޭ

އެންޑީއޭގެ އެކްޓިންގ ސީއީއޯ މުހައްމަދު ރާޝިދު- ފޮޓޯ އެންޑީއޭ

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން

20 އޮކްޓޯބަރު 2024 - 16:02

މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކައުންސިލިންގ ސެޝަންތައް ނަގައިދޭން އެކަށީގެން ވާ ވަރަށް ކައުންސިލަރުން ނެތް ކަމަށް އެންޑީއޭގެ އެކްޓިންގ ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.

ޜާޝިދު މިހެން ވިދާޅުވީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ނެޝަނަލް ޑްރަގް އެޖެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތުގައި ހުރި ގޮންޖެހުންތައް ފާހަގަކުރައްވަމުން ރާޝިދު ވިދާޅުވީ ކަމުގެ ފަންނީ މާހިރުން ވަރަށް ވެސް މަދުކަމަށެވެ. އަދި ޚާއްސަކޮށް ކައުންސިލަރުން މަދުކަމަށެވެ.

އަޅުގަނޑުމެންގެ ތެރޭގައި ޒަމާންވީ ކައުންސިލަރުން ވެސް މިވަގުތު [މަސައްކަތް] ކުރައްވަނީ އެހެން ލެވެލްގައި އެހެނިހެން މަސައްކަތްތައް. އެކަމާއި ގުޅިގެން އަޅުގަނޑުމެންނަށް ދިމާވި ދަތިތައް ހައްލުކުރުމަށްޓަކައި އެހެން ދިމަދިމާލުން ވެސް ވޮލަންޓިއާ ކޮށް އަދި އެ ނޫންވެސް ގޮތްގޮތަށް ރިސޯސްތައް ހޯދަމުން މިދަނީ. މާނައަކީ ކައުންސިލިންގް ދެވޭނެ ފަރާތްތައް ހޯދަމުން މިދަނީ. އެންމެ ރަނގަޅަށް އެންމެ ފުރިހަމައަށް އެކަމަށް އިޖާބަ ނުދެއްވި ކަމުގައި ވިޔަސް ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންނަށް އެހީތެރިކަން ލިބެމުން މިދަނީ. - އެންޑީއޭގެ އެކްޓިންގ ސީއީއޯ މުހައްމަދު ރާޝިދު

މިވަގުތު މަސައްކަތްކުރާ ކައުންސިލަރުން އެޒިންމާ ނަންގަވަނީ ވަޒީފާއަށް އަންނަ އުސޫލުން ނޫން ކަމަށާއި އެއަށްވުރެ ބޮޑަށް މަސްތުވާތަކެތީގެ ޝިކާރައަށް ވެފައިތިބި މީހުން މުޖުތަމަޢުއަށް ނެރުމުގެ ރޫހުގައި ކަމަށް ރާޝިދުވިދާޅުވިއެވެ. އަދި އެ މުއައްޒަފުން މަސައްކަތް ކުރާ އެންޑީއޭގެ މައި މަރުކަޒު ކަމަށްވާ ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގައި ވަރަށް ދަތި އުނގަދޫތައް ހުރިކަންވެސް ފާހަގަކުރެއްވިއެވެ.

ކައުންސިލަރުން ލިބުން ދަތިވެފައިވާ މި ދަނޑިވަޅު ޖަމިއްޔާތަކުންނާއި، އަދި މިކަމުގެ ތަޢުލީމާއި ޤާބިލްކަން ހުރި ފަރާތްތަކުގެ އެއްވެސް އެހީތެރިކަމެއް ދެވެން އޮތްނަމަ އެ އެހީތެރިކަމަކަށް އެންޑީއޭއިން މަރުޙަބާ ކިޔާނެ ކަމަށް ރާޝިދު ވިދާޅުވިއެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder