logo
News

އަލިފާނުގެ ހާދިސާއާއި ގުޅިގެން، 57 މީހުން ހާލުގައިޖެހިފައި

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
10 ސެޕްޓެމްބަރު 2024 - 04:13
ހާލުގައި ޖެހުނު ބައެއް މީހުން: އެންޑީއެމްއޭއިން ވަނީ ބައެއް މީހުންނަަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން ކަމަށް ބުނެފައި -- ފޮޓޯ/ އެންޑީއެމްއޭ
ހާލުގައި ޖެހުނު ބައެއް މީހުން: އެންޑީއެމްއޭއިން ވަނީ ބައެއް މީހުންނަަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން ކަމަށް ބުނެފައި -- ފޮޓޯ/ އެންޑީއެމްއޭ

ގާމަގު ކެފޭ ހުންނަ އިމާރާތުގައި ހޯމަ ދުވަހުގެ މެންދުރު ހިނގި އަލިފާނުގެ ހާދިސާގައި 57 މީހަކު ހާލުގައި ޖެހިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެންޑީއެމްއޭއިން މީގެ ކުރިން ހާމަކުރި ގޮތުގައި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހިފައިވަނީ 22 ދިވެހިންނާއި 15 ބިދޭސީންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް އެ އޮތޯރިޓީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހ. ދޫހިމިރި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 37 ދިވެހިންނާއި 20 ބިދޭސީން ހާލުގައި ޖެހިފައިވެއެވެ.

އިއްޔެ މެންދުރު ފަހު 2:47 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި 50 ބިދޭސީންނާއި ހަ ދިވެހިން ހިމެނޭ ގޮތަށް 56 މީހަކު ވަނީ އިވެކުއޭޓްކޮށްފައެވެ. އެންޑީއެމްއޭއިން އެންމެ ބޮޑު ސަމާލުކަމެއް ދެނީ ގެދޮރު ގެއްލިފައިވާ މީހުންނަށް ރައްކާތެރި ކަމާއެކު ބޯހިޔާވަހިކަން ހޯދައިދިނުމަށެވެ.

މި ހާދިސާގައި ދެ އަންހެނަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވެއެވެ. އޭގެ ތެރެއިން އެކަކު ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު ދެވަނަ މީހާގެ ޙާލު ރަނގަޅު ކަމަށް މަޢުލޫމާތުލިބެއެވެ.

އަލިފާނުގެ ހާދިސާގައި އިމާރާތް މަރާމާތު ނުކުރެވޭ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ޖެހިގެން ހުރި އިމާރާތްތަކަށް ވެސް ވަނީ އަލިފާނުގެ އަސަރުކޮށްފަ އެވެ. އަލިފާން ނިއްވުމުގައި އަލިފާން ނިއްވާ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ ބޮޑެތި ގެއްލުންތަކެއްވެސް ލިބުނެވެ.

މިހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ރޭ ވެސް އެ ގޭގައި ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފާއި ފުލުހުން ހަރަކާތްތެރިވިއެވެ. ނަމަވެސް އެކަން ބެލުމަށް ފަހު އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ނުވާ ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަމުގައި އެޅުމަށް ހަމަޖެހިފައިވާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ ބިމާ ގުޅޭ މަޝްވަރާތަކެއްޚަބަރު | 4 މަސް ކުރިންމަސްތުން ސަލާމަތްވުމަށް ދޭ ފަރުވާގެ ތެރޭގައި ދުޅަހެޔޮ ކަސްރަތު ހިމެނުމަށް މަޝްވަރާތަކެއްޚަބަރު | 5 މަސް ކުރިންޖާގައިގެ ދަތިކަން ހައްލުކުރަން އެންޑީއޭގެ އާ އިމާރާތެއް އަޅަނީ ޚަބަރު | 5 މަސް ކުރިންފަރުވާގެ ނިޒާމަށް ކްލައިންޓުން ވެއްދުމުގެ މަރުޙަލާ އަވަސްކުރުމަށް މަޝްވަރާކޮށްފިޚަބަރު | 7 މަސް ކުރިން