logo
Bank of Maldives

Bank of Maldives

ޚަބަރު

މާލެ ސަރަހައްދުން ވެހިކަލް ފީތަކަށް 220 މިލިޔަން ރުފިޔާ ލިބޭ، ޓްރެފިކް ކަންކަމަށް އެފައިސާ ބޭނުން ކުރަނީ: ސައީދު

އަޙުމަދު ރިޝާން
9 ސެޕްޓެމްބަރު 2026 - 07:42
މާލެ ސަރަހައްދުން  ވެހިކަލް ފީތަކަށް 220 މިލިއަން ރުފިޔާ ލިބޭ، ޓްރެފިކް ކަންކަމަށް އެފައިސާ ބޭނުން ކުރަނީ: ސައީދު

މާލެ ސަރަހައްދުގެ ވެހިކަލް ފީތަކުން އަހަރަކު 220 މިލިއަން ރުފިޔާ ލިބޭ ކަމަށާއި ޓްރެފިކް މައްސަލަތައް ހައްލު ކުރުމަށް އެފައިސާ ބޭނުން ކުރުމަށް ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ޓްރާންޕޯޓްގެ އާ ގާނޫނާ އެކު މާލޭ ސަރަހައްދުގައި ވެހިކަލްތައް ތޮށްޖެހުމަށް ހައްލު ކުރުމަށް އެކުލަވާލާފައިވާ އޮފީސް ގްރޭޓަރ މާލޭ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުން ކުރާ މަސައްކަތްތަކަށް މި ފައިސާ ބޭނުންކުރެވޭނެ ކަމަށެވެ. މިފައިސާ މިވަގުތު ބޭނުން ކުރަމުން އަންނަނީ މާލޭ ސިޓީ ކައުންސިލުން ކަމަށާއި ޓްރެފިކް ކަންކަމުން ނަގާ ފައިސާ، ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ބޭނުން ކުރަމަކީ އެންމެ ރަނގަޅުގޮތް ކަމަށް ވެސް މިނިސްޓަރު ސައީދު ސިފަ ކުރެއްވެވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސައީދު ވިދާޅުވީ ސިޓީ ކައުންސިލިން މިހާރު މި ފައިސާ ބޭނުންކުރާ ކަންކަމަށް ސިޓީ ކައުންސިލަށް ވަކި ބަޖެޓް ކަނޑައަޅާފައިވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ޕާކިންގް ބިލްޑިންގް ތަކާއި ޓްރެފިކް ލައިޓް ޖެހުން ފަދަ މަސައްކަތްތައް ކުރުމަށް މި ފައިސާއަކީ އެކަށީގެންވާ އަދަދެއް ކަމަށެވެ. އަދި އާ ގާނޫނާ އެކު އެގޮތަށް އަމަލު ކުރަމަށް ލަފާ ލިބިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ ސަރަހައްދުން ވެހިކަލް ފީތަކަށް 220 މިލިއަން ރުފިޔާ ލިބޭ، ޓްރެފިކް ކަންކަމަށް އެފައިސާ ބޭނުން ކުރަނީ: ސައީދުޚަބަރު | 37 މިނިޓު ކުރިން