logo
E-Platinum
ޚަބަރު

ހުށަހެޅީ ނޮވެމްބަރު 1 އިން 15 އަށް އެތެރެކުރާ ވޭޕްގެ ޑިއުޓީ ބޮޑުކުރުމުގެ އިސްލާޙެއް: އޭޖީ

މުހައްމަދު މޫސާމުހައްމަދު މޫސާ
21 އޮކްޓޯބަރު 2024 - 03:53
ހުށަހެޅީ ނޮވެމްބަރު 1 އިން 15 އަށް އެތެރެކުރާ ވޭޕްގެ ޑިއުޓީ ބޮޑުކުރުމުގެ އިސްލާޙެއް: އޭޖީ

ޤާނޫނަށް ހުށަހެޅި އިސްލާހަކީ މިއަހަރުގެ ނޮވެމްބަރު 1 އިން 15 އަށް އެތެރެކުރާ ވޭޕްގެ ޑިއުޓީ ބޮޑުކުރުމުގެ އިސްލާޙެއްކަމަށް އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ، ''ރައީސް މަނާ ކުރަން ނިންމި ވޭޕުން ނަގާ ޑިއުޓީ ބޮޑު ކުރަން ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހަޅައިފި'' ކަމަށް ނޫހަކުން ގެނެސްދިން ޚަބަރަކާއި ގުޅިގެން އެކަން އޮޅުން ފިލުވައިދިނުމުގެ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި އޭޖީ ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ 1 ނޮވެމްބަރ 2024 އިން ފެށިގެން ދުންފަތުގެ ޑިއުޓީ ބޮޑުކުރުމަށް އަދި 15 ނޮވެމްބަރ 2024 އިން ފެށިގެން ވޭޕު ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުން މަނާކުރުމަށް ކަމަށެވެ.

'' ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ 1 ނޮވެމްބަރ އިން ފެށިގެން 15 ނޮވެމްބަރ 2024 މި މުއްދަތުގެ ތެރޭގައި އެތެރެކުރާ ވޭޕްކުރުމަށް ބޭނުންކުރާ ތަކެތީގެ ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވާ އިސްލާހެއް.'' އޭޖީ ވިދާޅުވެފަވެއެވެ.

ރާއްޖޭގައި ވޭޕްކުރުން މަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވާފައި ވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުށާއި، އަދި ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށެވެ.

މީގެ އިތުރުން ރައީސް ނިންމަވާފައި ވަނީ ސިގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް 1 ނޮވެމްބަރ 2024 އިން ފެށިގެން ބޮޑުކުރުމަށް ޤާނޫނަށް އިސްލާޙު ގެނައުމަށެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލުމުގައި ރައީސް އޮފީހުގެ ދައުރެއް އޮންނަގޮތަށް ގަވާއިދު އިސްލާހުކުރަނީޚަބަރު | 2 މަސް ކުރިންމި އަހަރުގެ ތެރޭގައި އެސެޓް ރިކަވަރީ ބިލު މަޖިލީހަށް ހުށަހަޅަން މަސައްކަތްކުރަނީ ޚަބަރު | 3 މަސް ކުރިންއެއްވެސް ފަނޑިޔާރަކަށް އިންޒާރެއް ނުދެން - އުޝާމް ޚަބަރު | 3 މަސް ކުރިންއައިސީޖޭގައި ފަލަސްތީނުގެ ހައްގު ރައީސް މުޢިއްޒުގެ ސަރުކާރުން ވަކާލާތުކޮށްފިޚަބަރު | 3 މަސް ކުރިން