logoEN
ޚަބަރު

އެއްވެސް ފަނޑިޔާރަކަށް އިންޒާރެއް ނުދެން - އުޝާމް

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

12 މޭ 2025 - 17:36

ސުޕްރީމް ކޯޓުގައި ދައުލަތާ ދެކޮޅަށް ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް އެއްވެސް ފަނޑިޔާރަކަށް އިންޒާރުދީފައި ނުވާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.

އުޝާމް މިފަދައިން ވިދާޅުވީ، ސުޕްރީމް ކޯޓުގައި ދައުލަތާ ދެކޮޅަށް ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ސުލޫކީ މައްސަލައެއް ބަލާނެ ކަމަށް އަޒްމިރަލްދާ ކުރެއްވި ތުހުމަތުތަކަކާ ގުޅިގެންނެވެ.

ވަޒީރުންނަށް އާންމުން ސުވާލުކުރެވޭ ގޮތަށް ކުރިއަށްދާ "އަހާ" ފޯރަމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމަށް ޓަކައި އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ. އުޝާމްގެ އިސްތަށިފުޅުގައި އަޒްމިރަލްދާ ވެސް އެޅުއްވީ ހަގީގަތާ ހިލާފު ތުހުމަތެއް ކަމަށް ވިދާޅުވި އެވެ.

"ފަނޑިޔާރު އަޒްމިރަލްދާ އެ ތުހުމަތު ކުރައްވާ ގޮތަށް އެޖެންޓެއް ފޮނުވައިގެން އިންޒާރެއް ދީފައެއް ނުވާނެ،"- އުޝާމް ވިދާޅުވިއެވެ.

އަހާ ފޯރަމުގައި ވާހަކަފުޅުދައްކަވަމުން، ބަންޑާރަ ނައިބު ވަނީ އެމަނިކުފާނާއި ގުޅޭގޮތުން ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރެއް ކަމަށް ޑރ. އަޒްމިރަލްދާ ޒާހިރު ކުރައްވާފައިވާ ތުހުމަތައްވެސް ޖަވާބުދާރީވެވަޑައިގެންފައެވެ. ފަނޑިޔާރު ޑރ. އަޒްމިރަލްދާ ވަނީ ބަންޑާރަ ނައިބު މީހަކު މެދުވެރިކޮށް އިންޒާރު ދެއްވި ކަމަށް ތުހުމަތު ކުރައްވާފައެވެ. ފަނޑިޔާރު ހުސްނުސުޢޫދު ފަދައިން ޑރ. އަޒްމިރަލްދާވެސް ތުހުމަތު ކުރެއްވީ ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލަތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމެވެ.ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ، މި ތުހުމަތު އަމާޒުވީ އެމަނިކުފާނު ރައްޓެއްސަކާއި ދެކެވުނު ވާހަކައެއްގެ އަސްލު އޮޅުވާލައިގެން ކަމަށެވެ. ނަމަވެސް މިކަމުގައި އެ ތުހުމަތު ކުރާ ގޮތަށް ކަންވެފައިނެތް ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ."އެ ކަމެއް ހިނގައިދިޔައީވެސް ސުޕްރީމް ކޯޓުގެ މައްސަލައިގެ މާކުރިން. އެ ބޭފުޅުން ވަރަށް ކޮންވީނިއެންޓްލީ ނުދައްކާ ވާހަކައެއް. އަޅުގަނޑާއި ރަހުމަތްތެރިޔާއާއި ދެކެވުނު ވާހަކަ ދެކެވުނީ މިއަހަރު ފެބްރުއަރީ މަހުގެ ކުރީކޮޅު. އޭރަކު ސުޕްރީމް ކޯޓުގައި މައްސަލައިގެ އަޑުއެހުމެއް ތާވަލެއްވެސް ނުކުރޭ. އޭގެ ފަހުން މައްސަލައިގެ ދެ އަޑުއެހެން ބާއްވައިފި، ތި ވިދާޅުވާ ދެ ފަނޑިޔާރުން (ހުސްނުސުޢޫދު އަދި ޑރ. އަޒްމިރަލްދާ) އެ ބެންޗުގައި ތިއްބެވި. އެވަރުގެ ތުހުމަތެއް އަޅުގަނޑާއި ރައީސުލްޖުމްހޫރިއްޔާ ކުރައްވާއިރު ކީއްވެތޯ ދެ އަޑުއެހުން ބޭއްވުނު އިރު އެވާހަކަ ވިދާޅުނުވީ " ބަންޑާރަ ނައިބު ވިދާޅުވިއެވެ.

ކޮމެންޓް

871x217_placeholder