logo
Bank of Maldives

Bank of Maldives

ޚަބަރު

ރައްޔިތުންގެ މިނިވަންކަން ދިފާއުކުރުމަށްޓަކައި ބަންޑާރަނައިބު މަސައްކަތް ކުރަންޖެހޭ: އުޝާމް

ނުހާ އަޙްމަދު
13 ސެޕްޓެމްބަރު 2025 - 16:52
ރައްޔިތުންގެ މިނިވަންކަން ދިފާއުކުރުމަށްޓަކައި ބަންޑާރަނައިބު މަސައްކަތް ކުރަންޖެހޭ:  އުޝާމް

ބަންޑާރަނައިބަކީ ހަމައެކަނި ސަރުކާރުގެ ގާނޫނީ ވަކީލަކަށް ވުމުގެ ބަދަލުގައި ރައްޔިތުންގެ ސަލާމަތާއި މަންފާއާއި އާންމު މިނިވަންކަން ދިފާއުކުރުމަށްޓަކައި މަސައްކަތްކުރަންޖެހޭ ފަރާތެއް ކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަނައިބު ވިދާޅުވީ، ބަންޑާރަނައިބުގެ އޮފީހަކީ ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގެ މައިގަނޑު އެއް ބިންގާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބަންޑާރަނައިބު ފާހަގަކުރެއްވި ގޮތުގައި، 25 އޮގަސްޓް 1950 ގައި ވަކި އޮފީހެއްގެ ގޮތުގައި ބަންޑާރަނައިބުގެ އޮފީސް ގާއިމުކުރެވުނީ ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމު ތަރައްގީކުރުމަށް އެޅުނު ވަރަށް ހާއްސަ ފިޔަވަޅެއްގެ ގޮތުގައެވެ. އަދި 2008 ވަނަ އަހަރުގެ އާ ގާނޫނުއަސާސީއާ އެކު ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތައް އިތުރަށް ފުޅާވެގެން ދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.

"ބަންޑާރަނައިބަކީ ހަމައެކަނި ސަރުކާރުގެ ގާނޫނީ ވަކީލަކަށް ވުމުގެ ބަދަލުގައި، އެއީ ދިވެހިރާއްޖޭގެ ގާނޫނުގެ ވެރިކަން ނަގަހައްޓައި ހިމާޔަތްކޮށް، ކުރިއަރުވައި، ރައްޔިތުންގެ ސަލާމަތާއި މަންފާއާއި އާންމު މިނިވަންކަން ދިފާއުކުރުމަށްޓަކައި މަސައްކަތްކުރަންޖެހޭ ފަރާތެއް،" ބަންޑާރަނައިބު އަހްމަދު ހުޝާމް.

އެ އޮފީހުގެ މުވައްޒަފުންނަކީ ނަޒާހާތްތެރި، އަހްލާގީ، އިތުބާރުހިފޭ އަދި އިންސާފުވެރި ބަޔަކަށް ވާންޖެހޭކަން ފާހަގަކުރައްވަމުން، ބަންޑާރަނައިބު ވިދާޅުވީ އެ މުއައްސަސާއަކީ މި ސިފަތަކުގެ މަތީގައި ސާބިތުވެ ހުރި މުއައްސަސާއެއް ކަމަށެވެ.

ޝަރުއީ ނިޒާމު ކުރިއެރުވުމަށާއި ގާނޫނީ އޮނިގަނޑު ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގައި ޝަރުއީ ދާއިރާއިންނާއި ރައްޔިތުންގެ މަޖިލީހުން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވަމުން، އެ ފަރާތްތަކަށް ހާއްސަ ޝުކުރެއް ވެސް ބަންޑާރަނައިބު އަރިސްކުރެއްވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިދޭސީ މަސައްކަތްތެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތައް ފުޅާކުރާނަން: ބަންޑާރަ ނައިބު ޚަބަރު | 16 ދުވަސް ކުރިންޔޫޕީއާރް: ތަންފީޒުކުރާނީ ޤާނޫނުތަކާއި، ދީނާއި ތަޢާރުޟް ނުވާ ކަންކަންޚަބަރު | 20 ދުވަސް ކުރިންރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ހާލަތާއި ގުޅޭ ރިވިއު މިއަދުޚަބަރު | މަހެއް ކުރިންއޮޅުވާލައިގެން ދައުލަތުގެ ފައިސާ ހޯދަން އުޅުނު މައްސަލައިގައި ޖިނާއީ ތަޙުޤީޤެއް ހިންގަނީ ޚަބަރު | 2 މަސް ކުރިން