logo
Bank of Maldives

Bank of Maldives

ޚަބަރު

ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލައިގެ ހޯދުންތައް މި މަހު ކެބިނެޓަށް ހުށަހަޅަނީ

ޢައްފާން މުޙައްމަދު
15 އޮކްޓޯބަރު 2025 - 06:56
ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލައިގެ ހޯދުންތައް މި މަހު ކެބިނެޓަށް ހުށަހަޅަނީ

އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދޫކޮށްލިކަމަށް ބުނާ ބައި އަލުން ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތުގައި މިހާތަނަށް ހޯދިފައިވާ ހޯދުންތައް މި މަހު ވަޒީރުންގެ މަޖިލީސް (ކެބިނެޓަށް) ހުށަހެޅޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ކަންކަން ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރުމާ ގުޅިގެން ދީފައިވާ ލަފަޔާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. މުޙައްމަދު ޝަމްހީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގަތުމުން، ލިބިވަޑައިގެންނެވި ފުރުސަތުގައި  ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެމްބަރު ހުސެއިން ޝަރީފް ވަނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލި ކަމަށް ދިވެހީން ގަބޫލުކުރާ ކަމަށާއި އެކަން ގޮސްފައި އޮތީ ކިހާ ހިސާބަކަށްތޯ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ދެއްވި ޖަވާބުގައި ބަންޑާރަނައިބު ވިދާޅުވީ، މިދިޔަ އެމްޑީޕީ ސަރުކާރުން ނިންމި ބައެއް ނިންމުންތަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެ މައްސަލަ، ރާއްޖޭއާއި ރާއްޖޭން ބޭރުގެ ކަމާ ގުޅުންހުރި ތަކުރިބާކާރުން ކުއްޔަށް ނަގައިގެން ކުރިއަށް ގެންދެވޭ ގޮތްތައް ބަލަމުން އަންނަ ކަމަށް އުޝާމް ވިދާޅުވިއެވެ. އެކަމަކު، އެ މަސައްކަތް އެއްކޮށް ނުނިމޭކަން ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި މިހާތަނަށް ހޯދިފައިވާ ހޯދުންތައް، މި މަހުގެ ތެރޭގައި ކެބިނެޓަށް ހުށަހެޅުއްވޭނެކަމަށް ވަރަށް ބޮޑަށް އުއްމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޔުގްނައުތަށް ފޮނުއްވި ސިޓީފުޅު ނުފޮނުއްވި ނަމަ، ގެއްލުނު ކަނޑުގެ މައްސަލައިގައި ސާފުކޮށް ރާއްޖެއަށް ކުރިއަށް ދެވެން އޮތް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލް މިދިޔަ އޮގަސްޓު 13ގައި ވަނީ ވިދާޅުވެފައެވެ.

އޭގެ ކުރިން، މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ދިވެހިރާއްޖޭގެ ކަނޑުން ގެއްލުނު ސަރަޙައްދު ހޯދުމަށް ކުޑަ ވެސް ދުލެއް ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން ހުށަހެޅި މައްސަލައިގައި، ނިމިދިޔަ ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތުން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ދެކުނު ކަނޑުގެ ޞަރަޙައްދުން ބޮޑު ބައެއް ގެއްލޭ ގޮތަށް ކަނޑުތަކާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލް، އިޓްލޮސްއިން ނިންމާފައިވާ ނިންމުން ދިރާސާކޮށް، ގެއްލިފައިވާ ކަނޑުގެ ސަރަޙައްދު އަނބުރާ ހޯދުމަށް ކުރެވެން ހުރި މަސައްކަތް ކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭނެ ކަމަށް ބައިނަލްއަޤްވާމީ ކޯޓުން ނިންމި ނިންމުމާ ގުޅިގެން، މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ 95,000 އަކަ ކިލޯމީޓޯމީޓަރުގެ ސަރަޙައްދެއް ވަނީ މެދުން ބައިކޮށްފައެވެ.

ފޯޅަވައްސަކީ ޗާގޮސް އައިލެންޑްސްގެ އަތޮޅު ތަކުން އަތޮޅެކެވެ. ޗާގޮސް އައިލެންޑްސް ގައި 7 އަތޮޅު އޮންނައިރު 60 ރަށް އޮވެއެވެ. ފޯޅަވަހި ހިމެނޭ ޗާގޮސް އަކީ ރާއްޖޭގެ ދެކުނުން 560 ކިލޯމީޓަރު ދުރުގައި އޮންނަ ތަނެކެވެ. އެތަނާއި މޮރީޝަސް އާއި ދެމެދު 2300 ކިލޯމީޓަރު ހުރެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލައިގެ ހޯދުންތައް މި މަހު ކެބިނެޓަށް ހުށަހަޅަނީޚަބަރު | 10 ގަޑިއިރު ކުރިންރައްޔިތުންގެ މިނިވަންކަން ދިފާއުކުރުމަށްޓަކައި ބަންޑާރަނައިބު މަސައްކަތް ކުރަންޖެހޭ: އުޝާމް ޚަބަރު | މަހެއް ކުރިންމީޑިއާ ބިލަކީ އާންމު ރައްޔިތުންގެ ސޯޝަލް މީޑިއާ ރެގިއުލޭޓްކުރާ ބިލެއް ނޫން: އުޝާމްޚަބަރު | މަހެއް ކުރިންމީޑިއާ ބިލަށް އިސްލާހު ހުށަހެޅީ މީޑިއާއާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރެވޭ ގޮތަށް: އުޝާމްޚަބަރު | މަހެއް ކުރިން