logo
Bank of Maldives

Bank of Maldives

ޚަބަރު

މީޑިއާ ބިލަކީ އާންމު ރައްޔިތުންގެ ސޯޝަލް މީޑިއާ ރެގިއުލޭޓްކުރާ ބިލެއް ނޫން: އުޝާމް

އައިޝަތު ނަޝާ
13 ސެޕްޓެމްބަރު 2025 - 07:41
ބަންޑާރަ ނައިބު އަޙްމަދު އުޝާމް
ބަންޑާރަ ނައިބު އަޙްމަދު އުޝާމް

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލަކީ މީޑިއާތަކާއި މީޑިއާތަކުގައި މަސައްކަތް ކުރާ ފަރާތްތައް ރެގިއުލޭޓްކުރުމަށް ކަނޑައަޅާފައިވާ ބިލެއްކަމަށާއި އެއީ ރައްޔިތުންގެ ސޯޝަލް މީޑިއާ ކޮންޓްރޯލްކުރާ ބިލެއް ނޫންކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު މިހެން ވިދާޅުވެފައިމިވަނީ އިދިކޮޅު ފަރާތްތަކުން، މީޑިއާ ރެގިއުލޭޓްކުރާ ބިލަކީ ރައްޔިތުންނާއި ގުޅުންހުރި ރައްޔިތުންގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށްވެސް ހުރަސްއަޅާ ބިލެއްކަމަށް ބުނަމުންދާ ދަނޑިވަޅެއްގައެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލަށް 14 އިސްލާހެއް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅުއްވާފައިވާއިރު، މި ބިލަކީ އާންމުގެ ޚިޔާލު ފާޅުކުރުމަށްވެސް ހުރަސް އަޅާ ބިލެއްކަމަށް ބުނެ ދައްކާ ވާހަކަތަކާއި ގުޅިގެން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ބަންޑާރަނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވީ، މިގޮތަށް ވާހަކަ ފަތުރަނީ ބިލުގައި އޮތް އެއްޗެއް ކިޔުމެއްނެތި ހަގީގަތް ނޭނގިކަމަށެވެ.

މިބިލަކީ ރައްޔިތުންގެ ސޯޝަލް މީޑިއާ ބޭނުންކުރުމަށް އެއްވެސް ހުރަހެއް އޮތް ބިލެއް ނޫންކަމަށާއި، މިބިލުގައި އޮތްގޮތުން ހުއްޓިގެންދާނީ ނޫސްވެރިންނާއި މީޑީއާތަކުގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް މީހުންގެ އަބުރު ކަތިލުމާއި ހަގީގަތާއި ޚިލާފު ވާހަކަތައް ފެތުރުންކަމަށް އޭޖީ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

"މިބިލަކުން އަޅުގަނޑު ސޯޝަލް މީޑިއާގައި އެއްޗެއް ލިޔުނަސް އަޅުގަނޑަކަށް އަދި އަޅުގަނޑުގެ މަސައްކަތަކަށް ފިޔަވަޅެއް ނޭޅޭނެ. އެހެންނަމަވެސް ނޫސްވެރިންއެއްނަމަ އަދި ބްރޯޑްކާސްޓްކުރާ ފަރާތެއްނަމަ އެފަރާތަކަށް ފިޔަވަޅު އެޅޭނެ. އާންމު ރައްޔިތުންކުރާ އެއްވެސް ކަމަކަށް މީގެ ސަބަބުން އަސަރެއް ނުކުރާނެ. އަދި ފިޔަވަޅެއް އެޅޭގޮތަކަށް ނޫން މިބިލު އޮތީ މިއީ މީޑިއާ ރެގިއުލޭޓްކުރާ ބިލޭ. އެކަމަކު އެނޫން ގޮތަކަށް އެކަން ދައްކަންވެސް އެބަ ބައެއް ނޫސްވެރިން މަސައްކަތްކުރޭ" އޭޖީ

 

މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލުގެ ކޮމިޓީ މަރުޙަލާގައި، އެ ބިލަށް ގެންނަށްޖެހޭކަމަށް ބަންޑާރަނައިބަށް ފެނިވަޑދައިގަންނަވާ އިޞްލާޙުތައް ބަންޑާރަނައިބުގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް މިހާރުވަނީ ހުށަހަޅާފައެވެ.

ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިދޭސީ މަސައްކަތްތެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތައް ފުޅާކުރާނަން: ބަންޑާރަ ނައިބު ޚަބަރު | 17 ދުވަސް ކުރިންޔޫޕީއާރް: ތަންފީޒުކުރާނީ ޤާނޫނުތަކާއި، ދީނާއި ތަޢާރުޟް ނުވާ ކަންކަންޚަބަރު | 20 ދުވަސް ކުރިންރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ހާލަތާއި ގުޅޭ ރިވިއު މިއަދުޚަބަރު | މަހެއް ކުރިންއޮޅުވާލައިގެން ދައުލަތުގެ ފައިސާ ހޯދަން އުޅުނު މައްސަލައިގައި ޖިނާއީ ތަޙުޤީޤެއް ހިންގަނީ ޚަބަރު | 2 މަސް ކުރިން