logo
MPL

MPL

ޚަބަރު

އައިސީޖޭގައި ފަލަސްތީނުގެ ހައްގު ރައީސް މުޢިއްޒުގެ ސަރުކާރުން ވަކާލާތުކޮށްފި

އައިސީޖޭގައި ފަލަސްތީނުގެ ހައްގު ރައީސް މުޢިއްޒުގެ ސަރުކާރުން ވަކާލާތުކޮށްފި

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި މިއަދު ބޭއްވުނު އަޑުއެހުމެއްގައި ދިވެހިރާއްޖެއިން ފަލަސްތީނުގެ ޙައްޤުގައި ވަކާލާތުކޮށްފިއެވެ.

މި އަޑުއެހުމަކީ އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި، އދ. އާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި އެހެން ޤައުމުތަކުން ތިބުމާއި، އެ ބިންތަކުގައި އެފަރާތްތަކުން ހިންގާ ޙަރަކާތްތަކާ ގުޅިގެން އިސްރާއީލުގެ އިލްތިޒާމްތަކާ ގުޅޭގޮތުން އައިސީޖޭ އިން އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހިރާއްޖޭގެ ފަރާތުން މި އަޑުއެހުމުގައި ބަޔާން އިއްވެވީ އެޓާނީ ޖެނެރަލް އަޙްމަދު އުޝާމެވެ. އޭނާގެ ބަޔާނުގައި، ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި ދިވެހިރާއްޖެއިން ކެނޑިނޭޅި ވަކާލާތުކުރާނެކަމަށް ވިދާޅުވިއެވެ. އަދި އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭކަން ކަށަވަރުކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

އެޓާނީ ޖެނެރަލް އުޝާމް އިތުރަށް ވިދާޅުވި ގޮތުގައި، އަންރުވާ ރޫޅާލުމަށްޓަކައި އިސްރާއީލުން ގަސްދުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ދިވެހި ސަރުކާރުން ކަންބޮޑުވުން ފާޅުކުރެއެވެ. އަދި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އިންސާނީ ޙައްޤުތައް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ދިވެހި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައަކީ، އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުން ނިންމުމަކާ ގުޅިގެން އުފެދިފައިވާ މައްސަލައެކެވެ. މި ނިންމުމުގެ ސަބަބުން، ފަލަސްތީނުގެ ޢާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސް އެޅި، އަންރުވާގެ މަސައްކަތްތައް ހުއްޓުވާލުމަށް މަގުފަހިވެގެން ދިޔައެވެ.

ދިވެހިރާއްޖެއިން މިއަދުގެ އަޑުއެހުމުގައިވެސް ތަކުރާރުކޮށްފައިވަނީ، ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ޙައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަޙައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރުހިނގާ ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާ: އެހީތެރިވި ފަރާތްތަކަށް ރައީސް ޝުކުރު އަދާކުރައްވައިފިޚަބަރު | 44 މިނިޓު ކުރިންފުނަދޫގެ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ރައީސްގެ ޚާއްޞަ ޝުކުރެއް, އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރެއްވިޚަބަރު | 2 ގަޑިއިރު ކުރިންދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ރަންވަނަތައް ހޮވައި، އިނާމު ދީފިޚަބަރު | 10 ގަޑިއިރު ކުރިންކުދި ވިޔަފާރިތަކަށް ބޮޑު ލުޔެއް: އުފެއްދުންތަކަށް ބޭނުންވާ ސާމާނުން 5 އަހަރަށް ޑިއުޓީ ކަނޑާލަނީޚަބަރު | 19 ގަޑިއިރު ކުރިން