logo
Bank of Maldives

Bank of Maldives

ޚަބަރު

މި އަހަރުގެ ތެރޭގައި އެސެޓް ރިކަވަރީ ބިލު މަޖިލީހަށް ހުށަހަޅަން މަސައްކަތްކުރަނީ

އާމިނަތު ޝަފާ
16 މޭ 2025 - 06:29
މި އަހަރުގެ ތެރޭގައި އެސެޓް ރިކަވަރީ ބިލު މަޖިލީހަށް ހުށަހަޅަން މަސައްކަތްކުރަނީ

މި އަހަރުގެ ތެރޭގައި އެސެޓް ރިކަވަރީ ބިލު މަޖިލީހަށް ހުށަހަޅަން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން ބަންޑާރަ ނައިބު އަހުމަދު އުޝާމް ހާމަކުރައްވައިފިއެވެ.

އެސެޓް ރިކަވަރީ ބިލަކީ ވަރަށް އިސްކަމެއް ދީގެން ކުރައްވަމުން ގެންދަވާ މަސައްކަތެއްކަމަށާއި ގެއްލިފައި ހުރި ދައުލަތުގެ މުދާތަކުގެ ހަމަ އަގު ދައުލަތަށް ހޯދުމުގެ މަސައްކަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަން ބޭނުންފުޅުވާ މަސައްކަތެއް ކަމުގައި ބަންޑާރަނައިބު އުޝާމް ވިދާޅުވިއެވެ. އަދި، އެންޓި ކޮރަޕްޝަން ކޮމިޝަންއިން ބޭރު ބައެއްގެ އެހީތެރިކަމާއެކު ޑްރާފްޓުކޮށްފައިވާ ބިލެއް ރިވިއުކޮށް، އިތުރު ދިރާސާތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބަންޑާރަނައިބު އުޝާމް ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަޅުގަނޑުމެން ވަރަށް އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް އެސެޓް ރިކަވަރީ ބިލެއްގެ މަސައްކަތަކީ. އެނގިވަޑައިގަންނަވާނެފަދައިން ވޭތުވެދިޔަ ސަރުކާރުތަކުގައި ދައުލަތުގެ މުދާ ނުއަގުގައި އެކިއެކި ފަރާތްތަކަށް ބަހާފައި އެބަހުރި. ހަމައެއާއެކު ދައުލަތުގެ އެސެޓްތައް ބޭނުންކޮށްގެން އެކިއެކި ފަރާތްތަކުން އޭގެ ބޮޑެތި ފައިދާތަކެއް ނަގަމުންދިޔަ ބޮޑެތި މައްސަލަތަކެއް ވެސް އަޅުގަނޑުމެންނަށް ފެނިގެން ގޮސްފި

ބަންޑާރަނައިބު އުޝާމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ބިލުގެ ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ. އެގޮތުން މި ބިލުގައި ސިވިލް އެސެޓް ރިކަވަރީ އަދި ކްރިމިނަލް އެސެޓް ރިކަވަރީ ހިމެނޭ ގޮތަށް، ކުށްކޮށްގެން ހޯދާ ފައިސާއާއި އެސެޓްތައް ދައުލަތަށް ނެގުމަށްޓަކައި މިހާރަށް ވުރެ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލެވިގެންދާނެއެވެ.

މި އަހަރުގެ ތެރޭގައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަމަށާއި މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ދެންފެށޭ ދައުރަކަށް އެ ބިލު ހުށަހެޅުމަށް ކަމުގައިވެސް ބަންޑާރަނައިބު އުޝާމްގެ ޖަވާބުގައި ފާހަގަކުރެއްވިއެވެ.

1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން، އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވާތީ އެ މައްސަލަތައް ތަޙުޤީޤުކުރުމުގެ މަޤުޞަދުގައި މީގެ ކުރިން ކޮމިޝަނެއްވެސް ވުޖޫދުކުރިއެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ އެ ކޮމިޝަން އުވާލައްވާފައެވެ.

ގެއްލިފައި ހުރި ދައުލަތުގެ މުދާތަކުގެ ހަމަ އަގު ދައުލަތަށް ހޯދައިދޭނެކަމަށް މި ސަރުކާރުން އަންނަނީ ބުނަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލައިގެ ހޯދުންތައް މި މަހު ކެބިނެޓަށް ހުށަހަޅަނީޚަބަރު | 2 ދުވަސް ކުރިންރައްޔިތުންގެ މިނިވަންކަން ދިފާއުކުރުމަށްޓަކައި ބަންޑާރަނައިބު މަސައްކަތް ކުރަންޖެހޭ: އުޝާމް ޚަބަރު | މަހެއް ކުރިންމީޑިއާ ބިލަކީ އާންމު ރައްޔިތުންގެ ސޯޝަލް މީޑިއާ ރެގިއުލޭޓްކުރާ ބިލެއް ނޫން: އުޝާމްޚަބަރު | މަހެއް ކުރިންމީޑިއާ ބިލަށް އިސްލާހު ހުށަހެޅީ މީޑިއާއާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރެވޭ ގޮތަށް: އުޝާމްޚަބަރު | މަހެއް ކުރިން