logo
Bank of Maldives

Bank of Maldives

ޚަބަރު

މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލުމުގައި ރައީސް އޮފީހުގެ ދައުރެއް އޮންނަގޮތަށް ގަވާއިދު އިސްލާހުކުރަނީ

އާމިނަތު ޝަފާ
30 މޭ 2025 - 05:49
މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލުމުގައި ރައީސް އޮފީހުގެ ދައުރެއް އޮންނަގޮތަށް ގަވާއިދު އިސްލާހުކުރަނީ

ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދައުރެއް އޮންނަ ގޮތަށް ހަމަޖެއްސުމަށް މަޖިލީހަށް ހުށަހަޅަން ނިންމާފައިވާކަން އެ އޮފީހުން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބުރާސްފަތި ދުވަހު ތަސްދީޤު ކުރެއްވި ބަންޑާރަނައިބު އޮފީހުގެ ޤާނޫނާއެކު އެ އޮފީސް ސިވިލް ސާވިސްގެ ދަށުން ވަކިކޮށް މިނިވަންތަނެއްގެ ގޮތުގައި އައު ޤާނޫނުގެ ދަށުން ހިންގަން ފަށާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ ދަށުން ބަންޑާރަނައިބާ މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިވެދޭނެ ދައުލަތުގެ ވަކީލުންނާއި ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންނާގުޅޭ ހިންގުމުގެ އޮނިގަނޑު ޤާއިމުކޮށްދޭ ޤާނޫނަކަށްވާއިރު، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުން ޤާއިމުވެގެންދާނެ ބަންޑާރަނައިބުގެ އޮފީހުގެ ހިންގުމުގެ ނިޒާމަށް ބައެއް ބަދަލުތައް ގެނައުމަށް ނިންމާފައިވާތީ، ކަމާގުޅޭ އިޞްލާޙުތައް އެކުލަވާލައި، މިއަންނަ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ފެށުމާއެކު ހުށަހެޅުމަށް ވަނީ ނިންމާފައެވެ.

އެގޮތުން، ބުނެވިދިޔަ ޤާނޫނަށް ގެނައުމަށް ނިންމާފައިވާ ބައެއް އިޞްލާޙުތަކުގެ ތެރޭގައި، ބަންޑާރަނައިބުގެ އޮފީސް އެކުލެވިގެންވާ ގޮތާ ގުޅޭގޮތުން ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި، އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ބައެއް ކަންކަން ބަދަލުކުރުމަށް ހުށަހަޅާ ބައެއް އިޞްލާޙުތަކުގެ އިތުރުން، ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކާއި އެ މުވައްޒަފުން ވަޒީފާއިން މުސްކުޅިކުރުމުގެ އުސޫލުތައް ކަނޑައެޅިގެންދާނީ، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވަ ގޮތުގެމަތިން ކަމުގައި ހަމަޖެއްސުމަށްޓަކައި އެ ޤާނޫނަށް ގެނައުމަށް ނިންމާފައިވާ ބައެއް އިޞްލާޙުތައް ހިމެނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިދޭސީ މަސައްކަތްތެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތައް ފުޅާކުރާނަން: ބަންޑާރަ ނައިބު ޚަބަރު | 17 ދުވަސް ކުރިންޔޫޕީއާރް: ތަންފީޒުކުރާނީ ޤާނޫނުތަކާއި، ދީނާއި ތަޢާރުޟް ނުވާ ކަންކަންޚަބަރު | 20 ދުވަސް ކުރިންރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ހާލަތާއި ގުޅޭ ރިވިއު މިއަދުޚަބަރު | މަހެއް ކުރިންއޮޅުވާލައިގެން ދައުލަތުގެ ފައިސާ ހޯދަން އުޅުނު މައްސަލައިގައި ޖިނާއީ ތަޙުޤީޤެއް ހިންގަނީ ޚަބަރު | 2 މަސް ކުރިން